ޓޮމް ކްރޫޒްގެ ކުރިއަށް އޮތް ދެފިލްމު ރިލީޒް ކުރުން ފަސްކޮށްފިއެވެ.

ހޮލީވުޑްގެ އެންމެ ކާމިޔާބު އެއްބަތަލްގެ ކުރިއަށް އޮތް ފިލްމުތައް ރިލީޒްކުރުން ފަސްކޮށްފައިވަނީ ކޮވިޑު ބަލިމަޑުކަމާއެކު ފިލްމު އުފެއްދުމުގައި ކުރިމަތިވި ގޮންޖެހުންތަކަކާއެކު، ފިލްމު ނިންމާލުމަށް ވަގުތު ނެގުމުންނެވެ. ރިލީޒް ކުރުން ފަސްކޮށްފައިވަނީ ޓޮމް ކްރޫޒް ލީޑުން ފެނިގެންދާ އިނގިރޭސި ފިލްމު "ޓޮޕް ގަން: މެވްރިކް" އަދި "މިޝަން: އިމްޕޮސިބްލް 7" އެވެ.

މިގޮތުން އިނގިރޭސި ފިލްމު "ޓޮޕް ގަން: މެވްރިކް" މިހާރު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ 2022 ވަނަ އަހަރުގެ މެއި މަހުގެ 27 ވަނަ ދުވަހުއެވެ. މިފިލްމު ކުރިން ރިލީޒް ކުރަން ހަމަޖެފައި އޮތީ މިއަހަރުގެ ނޮވެމްބަރ މަހުއެވެ.

މީގެއިތުރުން، އިނގިރޭސި ފިލްމު "މިޝަން: އިމްޕޮސިބްލް 7" މިހާރު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 30 ވަނަ ދުވަހުއެވެ.

މިދެފިލްމުވެސް ރިލީޒް ކުރާނީ ފިލްމު އުފައްދާ އަދި ރިލީޒް ކުރާ ކުންފުނި "ޕެރަމައުންޓް ޕިކްޗަރސް" އިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން