އިންޑިއާގެ މަޝްހޫރު ފިލްމީތަރި ސިދާރތު ޝުކުލާ މަރުވެއްޖެއެވެ.

ޓީވީ ސީރީޒް "ބަލިކާ ވަދޫ" އިން މަޝްހޫރުކަން ލިބިގެންދިޔަ ސިދާރތު ޝުކުލާ މަރުވެފައިވަނީ ހާޓް އެޓޭކްއެއް ޖެހިގެން މިއަދުގެ ވަގުތެއްގައެވެ. މިއާއެކު އުމުރުން 40 އަހަރުގައި އޭނާ މަރުވެފައިވަނީ ކުއްލިމަރަކުންކަމަށް ސިދާރތު ޝުކުލާގެ އާއިލާއިން ވަނީ ހާމަކޮށްފައެވެ.

އިންޑިއާގެ މުނިފޫހި ފިލުމުގެ ދާއިރާއިން އެތައްބައެއްގެ ލޯބި ހޯދާފައިވާ ސިދާރތުގެ ބިގް ބޮސް 13 ވަނަ ސީޒަނުގެ ކާމިޔާބީ އަދި ކަތުރޯންކީ ކިލާޅީ ގެ 7 ވަނަ ސީޒަނުގެ ކާމިޔާބީ އަކީ ފާހަގަކޮށްލެވޭ ކާމިޔާބީތަކެކެވެ. ސިދާރތު ވަނީ އާލިއާ ބަޓް އަދި ވަރުން ދަވަންގެ 2014 ވަނަ އަހަރު ރިލީޒްކުރި "ހަމްޓީ ޝަރްމާ ކީ ދުލްހަނިޔާ" ފިލްމުންވެސް ފެނިގެން ގޮސްފައެވެ.

އަދި ޓީވީ ޝޯވް އިންޑިއާސް ގޮޓް ޓެލެންޓް އަދި ސަވްދާން އިންޑިއާ ހުށަހަޅައިދިނުމުގައިވެސް ސިދާރތު ވަނީ ފެނިގެންގޮސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން