މާޝާ މިދުހަތު   2 ސެޕްޓެމްބަރު 2021 - 18:11
ބޮލީވުޑްގެ މަޝްހޫރު ފިލްމް ޕްރޮޑިއުސަރ އަދި ކޮރިއޮގްރާފާ ފަރާ ޚާން ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

އޭނާ ވަނީ ކޮވިޑަށް ޕޮޒިޓިވްވިކަން އިންސްޓަރގްރަމް ގައި ހިއްސާކޮށްފައެވެ. ފަރާ ޚާން ހާމަކޮށްފައިވާގޮތުގައި އޭނާ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ކޮވިޑުން ރައްކާތެރިވުމަށް ވެކްސިނުގެ ދެޑޯޒް ފުރިހަމަކޮށްފައި ވަނިކޮށެވެ.

ކޮވިޑަށް ޕޮޒިޓިވްވުމާއެކު ފަރާ ޚާން ވަނީ އޭނާއާއެކު އުޅޭ އެންމެން ކޮވިޑް ޓެސްޓު ކުރުމަށްވެސް އިލްތިމާސްކޮށްފައެވެ.

ފަރާ ޚާން ޕްރޮޑިއުސްކޮށް، 2020 ވަނަ އަހަރު ރިލީޒް ކުރި ހިންދީ ފިލްމު "މިސިސް ސީރިއަލް ކިލަރ" އަށްފަހު ފަރާ ޚާން ވަނީ ގިނަ ޓީވީ ޝޯވް ތަކުންފެނިގެން ގޮސްފައެވެ. މީގެ ތެރޭގައި ސުޕަރ ޑާންސަރ 4 އަދި ކޯން ބަނޭގާ ކަރޯރް ޕަތީގެ ހާއްސަ އެޕިސޯޑް ތަކުން ފަރާ ޚާން ވަނީ ފެނިގެން ގޮސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން