ކުށެއް ނުކުރާ މީހަކު ކުއްވެރިޔަކު ކަމުގައި ހެދުމަކީ ބޮޑުވެގެންވާ ފާފައެއްކަމަށް ގައުމީ ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސަރގެ މަގާމުން ސަސްޕެންޑްކޮށް ފަހުން މަގާމުން ވަކިކޮށްފައިވާ ޑރ މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒު މިހެން ވިދާޅުވެފައި މިވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ މައްޗަށް ކުށް ސާބިތުކޮށް، ހުކުމް ކުރީ ބަޔަކު ނުފޫޒު ފޯރުވައިގެންކަމަށް އެމައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންތަކެއް ވިދާޅުވާ އޯޑިއޯ ލީކުވެފައިވާ ދަނޑިވަޅެއްގައެވެ.

ޑރ. އިޔާޒު ވިދާޅުވީ ކުށެއް ނުކުރާ މީހަކު ކުއްވެރިޔަކު ކަމުގައި ހެދުން އަދި ކުއްވެރިޔަކު ކުށެއް ނުކުރާ މީހަކު ކަމުގައި ހަދަން މަސައްކަތް ކުރުމަކީ ބިންމަތީ ފަސާދަ އުފެއްދުމުގެ ގޮތުން ކުރެވޭނެ އެންމެ ނުބައި އެއް ކަންތައްކަމަށެވެ. އަދި ރުހުނަސް ނުރުހުނަސް ޙައްގުވާނީ ޙައްގަށްކަމަށާއި، ބާޠިލްވާނީ ބާޠިލަށްކަމަށް އިޔާޒު ވިދާޅުވިއެވެ.



ވަރަށްވެސް މާނަ ފުން އިޔާޒުގެ އެ ބަސްކޮޅުން ރައީސް ޔާމީނަކީ ކުށެއްނެތް މައުސޫމް ބޭފުޅެއްކަން ދޭހަވާ ކަމަށް ބައެއް ފަރާތްތަކުން ބުނެފައި ވެއެވެ. އިޔާޒުގެ އެ ބަސްފުޅުން ރައީސް ޔާމިން ކުށްވެރިއަކަށް ހަދަން ބަޔަކު އުޅެނީ ކަމަށް ނޫނީ ރައީސް ޔާމީނަކީ ކުށްވެރިއެއް ކަމަށް ވެސް ދޭހަކުރެވެއެވެ. މިއިން ކޮންމެ ގޮތެއް ވިޔަސް، އެގޮތަކީ ފަސާދަ އުފެއްދުމުގެ ގޮތުން ކުރެވޭނެ އެންމެ ނުބައި ކަންތައްކަމަށް އިޔާޒު ވިދާޅުވެއެވެ.

ލީކުވެގެން އުޅޭ އޯޑިއޯގެ މައްސަލަ ޖޭއެސްސީން ތަހުގީގުކުރަމުން އަންނައިރު، ގިނަ ބަޔަކު އަންނަނީ އެކަމާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް