ބޮޑީގާޑުގެ ކާރާއެކު މަޝްހޫރު ފިލްމީތަރި ޓޮމް ކްރޫޒްގެ ފޮށިތަންމަތި ވަގަށް ނަގައިފިއެވެ.

ޓޮމް ކްރޫޒްގެ ލަގެޖާއެކު އޭނާގެ ބޮޑީ ގާޑުގެ ކާރު ވަގަށްނަގާފައިވަނީ އިނގިރޭސިވިލާތުގައެވެ. މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުގައި ވަގުކަލޭގެ ބޭނުންވީ ޓޮމް ކްރޫޒްގެ ބޮޑީގާޑު ދުއްވާ އެއްލަކަށް ޕައުންޑްގެ ބީއެމްޑަބްލިއު ކާރު ވަގަށްނަގާށެވެ. އަދި ކާރު ވަގަށް ނަގައި ދުއްވާލިއިރު އެކާރު ތެރޭގައި ޓޮމް ކްރޫޒްގެ ލަގެޖު ހުރިއިރު، ވަގަށް ނެގި މީހާ ލަގެޖަށް މާބޮޑު ސަމާލުކަމެއް ނުދޭކަމަށްވެއެވެ.

ނަމަވެސް ވަގަށް ނެގި ކާރު ފުލުހުން ހޯދިއިރު، އޭގެ ތެރޭގައި ހުރި ޓޮމް ކްރޫޒްގެ ލަގެޖު ވަގަށް ނަގާފައިވާކަމަށްވެއެވެ. އިނގިރޭސިވިލާތުގެ ފުލުހުން ޓޮމް ކްރޫޒްގެ ކާރު ހޯދާފައިވަނީ އޭގައި ހިމެނޭ ޓްރެކިންގ ޑިވައިސް އެއް ބޭނުންކޮށްގެންނެވެ.

މިހާދިސާ ރިޕޯޓު ކުރި ބޭރުގެ ގިނަ މީޑިއާތަކުން ވަނީ ޓޮމް ކްރޫޒްގެ ސެކިއުރިޓީ ޓީމަށް ފާޑުކިޔައި، މިކަން ހިނގަން މެދުވެެރިވި ސަބަބާ މެދު ލަދުގަންނަން ޖެހޭ ކަމަށް ތުހުމަތުކޮށްފައެވެ.

ޓޮމް ކްރޫޒް މިވަގުތު އިނގިރޭސިވިލާތުގައި ހަރަކާތްތެރިވަނީ އޭނާ ކުޅެމުންދާ އިނގިރޭސި ފިލްމު "މިޝަން އިމްޕޮސިބަލް 7" ގެ މަންޒަރުތަކެއް ނެގުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން