ރާއްޖެއަށް 83 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އެތެރެކުރަނިކޮށް އަތުލައިގަތް ބްރެޒިލް އަންހެން މީހާގެ ބަންދަށް ކޯޓުން 15 ދުވަސް ދީފިއެވެ.
އުމުރުން 29 އަހަރުގެ މި އަންހެން މީހާ ކަސްޓަމުން އަތުލައިގަތީ މިމަހުގެ 18 ވަނަ ދުވަހުއެވެ. އޭނާގެ އަމަލުތައް ހުރި ގޮތުން ޝައްކުވެގެން ލަގެޖް ބަލައި ފާސްކުރިއިރު 16 ކިލޯގެ ކޮކެއިން ފެނިފައިވާ ކަމަށް ކަސްޓަމުން ބުނެފައި ވެއެވެ. އެތަކެތީގެ މަގުމަތީ އަގު 83 މިލިއަން ރުފިޔާއަށްވުރެ އިތުރުވާނެކަމަށް ކަސްޓަމުން ބުނެފައިވެއެވެ.
އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް އިއްޔެ ކޯޓަށް ގެންދިއުމުން 15 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ.
މިމައްސަލައާއި ބެހޭ އިތުރު ތަފުސީލެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އަދި މިމައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފައެއްވެސް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު