ކުރީގެ ރައީސް އަބުދުﷲ ޔާމިންގެ ސަރުކާރުގައި ފާސްކުރި އަބުރުގެ ގާނޫނު އުވާލުމަކީ މި ސަރުކާރުން ހެދި ވަރަށް ބޮޑު ގޯހެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕީޕިއެމް ކޯލިޝަންގެ އެޑްވައިޒަރު ކަމުގެ މަގާމުގައި ހުންނެވި ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ރާއްޖޭގައި އަބުރުގެ ގާނޫނެއް އޮންނަންޖެހޭ ކަމަށާއި، ކުރީގެ ސަރުކާރުން ފާސްކުރި އަބުރުގެ ގާނޫނު އުވާލުމަކީ މި ސަރުކާރުން ހެދި ވަރަށް ބޮޑު ގޯހެއް ކަމަށެވެ. އިއްޔެ ރާއްޖޭގެ މިސްކިތްތަކުގައި "ޚަބަރު ފެތުރުމުގެ ޝަރުއީ ހަމަތަށް" މި ނަމުގައި އިއްވި ހުކުރު ޚުތުބާއަށް އިޝާރަތް ކުރައްވަމުން އިސްލާމިކް ޔުނިވަސިޓީގެ ފުރަތަމަ ޗާންސެލަރުކަން ކުރެއްވި ޑރ. ޝަހީމް ވިދާޅުވީ، އިންސާނާގެ އަބުރަކީ މުހިންމު އެއްޗެއް ކަމާއި މީހުންގެ ބޮލުގައި ދޮގު އިލްޒާމް އެޅުވުމުގެ ނުބައިކަން އިއްޔެގެ ހުކުރު ޚުތުބާ ޑރއިން ވެސް އެނގިގެން ގޮސްފައިވާ ކަމަށެވެ.
އިއްޔެ ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ހުކުރު ޚުތުބާގައި ދޮގު ހަބަރު ފަތުރައި އާންމުންގެ ތެރޭގައި ނުތަނަވަސްކަމާއި ފިތުނަ އުފެދޭފަދަ ގޮތަކަށް ހަބަރު ފެތުރުމުގެ ނުބައިކަމާއި ނުރައްކާތެރިކަމުގެ މައްޗަށް ވަނީ އަލިއަޅުވާލާފައެވެ.
ކުރީގެ ސަރުކާރުން ފާސްކުރި އަބުރުގެ ގާނޫނު އުވާލުމަކީ ރައީސް އިބްރާހިމް މުހަންމަދު ސާލިޙުގެ ސަރުކާރުގެ ރިޔާސީ ވައުދެކެވެ. ރައީސް ސާލިޙު ވެރިކަމަށް ވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ އުވާލެއްވީ ވެސް އަބުރުގެ ގާނޫނެވެ. ރައީސް ޔާމިންގެ ސަރުކާރުން ފާސްކުރި އަބުރުގެ ގާނޫނުގެ ދަށުން މީޑިޔާތަށް އެތަށް މިލިއަން ރުފިޔާއަކުން ޖޫރިމަނާކޮށް ބޮޑެތި އަދަބުތަށް ވަނީ ދީފައެެވެ.

Insaanaage Aburaki muhimmu ehcheh kamaai dhogu ilzaam elhuvumuge nubai kan miadhuge Khuthubaa in saafuvegen higajje. Alhamdhu Lillah. Dhivehi raajjeyge aburuge Qaanoonu uvaalumaki mi sarukaarun heddhevi varah bodu goaheh. Raajjeyga aburuge Qaanooneh onnan jehey. @AGOmv
— Mohamed Shaheem Ali Saeed (@Mohamedshaheem1) August 27, 2021
އިއްޔެ ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ހުކުރު ޚުތުބާގައި ދޮގު ހަބަރު ފަތުރައި އާންމުންގެ ތެރޭގައި ނުތަނަވަސްކަމާއި ފިތުނަ އުފެދޭފަދަ ގޮތަކަށް ހަބަރު ފެތުރުމުގެ ނުބައިކަމާއި ނުރައްކާތެރިކަމުގެ މައްޗަށް ވަނީ އަލިއަޅުވާލާފައެވެ.
ކުރީގެ ސަރުކާރުން ފާސްކުރި އަބުރުގެ ގާނޫނު އުވާލުމަކީ ރައީސް އިބްރާހިމް މުހަންމަދު ސާލިޙުގެ ސަރުކާރުގެ ރިޔާސީ ވައުދެކެވެ. ރައީސް ސާލިޙު ވެރިކަމަށް ވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ އުވާލެއްވީ ވެސް އަބުރުގެ ގާނޫނެވެ. ރައީސް ޔާމިންގެ ސަރުކާރުން ފާސްކުރި އަބުރުގެ ގާނޫނުގެ ދަށުން މީޑިޔާތަށް އެތަށް މިލިއަން ރުފިޔާއަކުން ޖޫރިމަނާކޮށް ބޮޑެތި އަދަބުތަށް ވަނީ ދީފައެެވެ.

BEL
ENG
SUI
ކިޔުންތެރިންގެ ހިޔާލު