އަހުމަދު މަސްނޫމް   28 އޯގަސްޓު 2021 - 2:3
ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ފޯވާޑް ކިލިއަން އެމްބާއްޕޭ ގަތުމަށް ސްޕެއިންގެ ރެއާލް މެޑްރިޑުން 180 މިލިއަން ޔޫރޯ ހުށަހަޅައިފިއެވެ.

މެޑްރިޑުން 180 މިލިއަން ޔޫރޯއަށް އެމްބާއްޕޭ ގަތުމަށް ހުށަހަޅާފައި މިވަނިީ، މެޑްރިޑުން މިދިޔަ އަންގާރަދުވަހު ހުށަހެޅި 160 މިލިއަން ޔޫރޯގެ ހުށަހެޅުމަށް ޕީއެސްޖީން ނޫނެކޭ ބުނެފައިވާ ދަނޑިވަޅެއްގައެވެ.

މެޑްރިޑުން އެންމެފަހުން ހުށަހެޅި އަގަށް ޕީއެސްޖީން ނޫނެކޭ ބުނެފައެއް ނުވެއެވެ. ހަބަރުތައް ބުނާގޮތުން ކުރިއަށް އޮތް މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެއްބަސްވުމަކާއި ގާތަށް ދިއުން ވަރަށް ގާތެވެ. އަނެއްކޮޅުން ޕީއެސްޖީގައި މަޑުކުރަން އެމްބާއްޕޭ ބޭނުން ނުވާއިރު، މެޑްރިޑަށް ބަދަލުވުމަށް ބޭނުންވާކަން އޭނާ ވަނީ ހާމަކޮށްފައެވެ.

އެމްބާއްޕޭ މެޑްރިޑަށް ގެންދިއުމަކީ އެ ކްލަބްގެ ރައީސް ޕެރޭޒްގެ ވަރަށް ބޮޑު ހުވަފެނެކެވެ. ނަމަވެސް ޕީއެސްޖީ އާއެކު އޮންނަ ބަދަހި ގުޅުމަށް އަސަރެއްކޮށްފާނެތީ މެޑްރިޑުން އެމްބާއްޕޭއަށް ފާރަލަމުން އައީ ވަރަށް ވިސްނައިގެނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން