އަހުމަދު މަސްނޫމް   28 އޯގަސްޓު 2021 - 1:45
އިޓަލީގެ ޔުވެންޓަސްއަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އެނބުރި މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވުމަށް ނިންމައިފިއެވެ.

ޔުވެންޓަސް އާއެކު ރޮނާލްޑޯ ހަދާފައިވާ އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮތްނަމަވެސް، އެކްލަބް ދޫކޮށްލުމަށް ނިންމައި، އެކަމާއި ގުޅޭ ހުރިހާ ކަމެއް މިހާރު ވަނީ ފުރިހަމަކޮށްފައެވެ.

ޔުވެންޓަސްއަށްފަހު އުމުރުން 36 އަހަރުގެ ރޮނާލްޑޯ ދާނެކަމަށް އެންމެ ބޮޑަށް ބެލެވުނީ އިނގިރޭސި ޕްރިމިއަރ ލީގުގެ މެންޗެސްޓަރ ސިޓީއަށެވެ. އަދި އެކަމާއި ގުޅޭ މަޝްވަރާތައް ވެސް ދެ ފަރާތުގެ މެދުގައި ކުރިއަށްގޮސް، އެއްބަސްވުމަކާއި ވަރަށް ގާތަށް ދިޔަކަމަށް ހަބަރުތައް ބުނެއެވެ. ނަމަވެސް އެންމެފަހު ވަގުތު ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑުން ރޮނާލްޑޯގެ ސޮއި ހޯދުމުގެ މަސައްކަތް ފަށައި، އެކަން ވަނީ ކާމިޔާބުކޮށްފައެވެ. އަދި މެންޗެސްޓަރ ސިޓީން ރޮނާލްޑޯ ހޯދުމުގެ މަސައްކަތް ހުއްޓާލާފައިވާކަމަށްވެސް ހަބަރު ބުނެއެވެ.

މެންޗެސްޓަރ ޔުނައިޓެޑުން ވަނީ އެކްލަބާއެކު ރޮނާލްޑޯ އެއްބަސްވުމަކާއި ހަމައަށް އައިސްފައިވާކަން މިހާރު ހާމަކޮށްފައެވެ.

2003 ވަނަ އަހަރު މެންޗެސްޓަރ ޔުނައިޓެޑާއި ގުޅުން ހިސާބުން ވިދާލި ރޮނާލްޑޯ އެކްލަބް ދޫކޮށް ރެއާލް މެޑްރިޑާއި ގުޅުނީ 2009 ވަނަ އަހަރުއެވެ. މެޑްރިޑާއެކު ގިނަ ކާމިޔާބީތަކެއްް ހާސިލު ކުރުމަށްފަހު ޔުވެންޓަސްއަށް ރޮނާލްޑޯ ބަދަލުވީ 2018 ވަނަ އަހަރުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން