މިއަހަރުގެ ދުނިޔޭގެ އެންމެ ރީތި ފިރިހެނާގެ މަގާމު މަޝްހޫރު ކޭޕޮޕް ބޭންޑް، ބީޓީއެސްގެ ލަވަކިޔުންތެރިޔާ، ކިމް ޓައިހިޔުންގް ނުވަތަ ސްޓޭޖް ނަމުންނަމަ "ވީ" އަށް ލިބިއްޖެއެވެ.

ބެސްޓޮޕާރސް ނަމަކަށް ކިޔާ ވެބްސައިޓަކުން ތައްޔާރުކޮށްފައިވާ މިލިސްޓުގެ އެއްވަނަ މަގާމު ވީ އަށް ލިބިފައިވާއިރު، މިލިސްޓުގެ ދެވަނަައިގައި ހޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ބްރެޑް ޕިޓް އަދި ތިންވަނައިގައި ނޯއާ މިލްސް ހިމެނެއެވެ. ހަމަ މިލިސްޓުގެ ހަތަރުވަނައިގައި ފިލްމީތަރި ރޮބާރޓް ޕެޓިންސަން ހިމެނިގެން ދިޔައިރު، ފަސްވަނައިގައި ހިމެނެނީ ރީތިކަމަށް މަޝްހޫރު އޮމަރް އަލް ގާލާ އެވެ.

އަދި މިލިސްޓުގެ ހަވަނައިގައި ހިމެނެނީ ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ރިތިކް ރޯޝަނެވެ.

މިއަހަރުގެ ދުނިޔޭގެ އެންމެ ރީތި ފިރިހެނާގެ މަގާމު ވީ އަށް ލިބިފައިވާއިރު އޭނާއަކީ މިލިސްޓަށް އާމޫނެއް ނޫނެވެ. މިގޮތުން 2020 ވަނަ އަހަރުގެ ދުނިޔޭގެ އެންމެ ރީތި ފިރިހެނާގެ މަގާމުވެސް ލިބިފައިވަނީ ވީ އަށެވެ.


ކިޔުންތެރިންގެ ހިޔާލު


11

ލޮލް

01-Sep-2021

މީފިރިހެނެއް? ޢަމިއްލައަށް ހަދާފަ އޮތްލިސްޓެއްތަ?



ޓްރެންޑިން