ދިވެހީންގެ ތެރޭގައި އެންމެ ކުޅަދާނަ އެއް ޑައިރެކްޓަރު،/'= އަމްޖަދު އިބްރާހީމް (އަމްޖޭ)ގެ  "ބްރިޖް" ކޮމެޑީ ސީރިސްގެ ޝޫޓިންގެ ބޮޑު ބައެއް ނިއްމާލައިފިއެވެ.

އަމްޖަދު އިބްރާހީމް (އަމްޖޭ)ގެ  "ބްރިޖް" ކޮމެޑީ ސީރިސް ޝޫޓްކޮށްފައިވަނީ ހުޅުމާލޭގައެވެ. ބްރިޖްގެ ޝޫޓިންގެ ވަރަށް ބޮޑު ބައެއް މިހާރު ވަނީ ނިއްމާލާފައެވެ. "ރަސްއޮންލައިން" އަށް މައުލޫމާތު ދެމުން އަމްޖަދު އިބްރާހީމް (އަމްޖޭ) ބުނީ އެ ސީރިސްގެ ޝޫޓިން ގާތްގަޑަކަށް ނިމިފައިވާ ކަމަށާއި، މިހާރު ނުނިމި ހުރީ ވަރަށް ކުޑަ ޕަސެންޓެެއް ކަމަށެވެ. އަދި ސީރިސްގެ އެޑިޓިން މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އަސަރުގަދަ ލޯބީގެ ފިލްމްތަކާއި ބިރުވެރި ކާމިޔާބު އެތަށް ފިލްމެއް ބެލުންތެރިންނާއި ހަމަޔަށް ގެނެސްދީފައިވާ އަމްޖޭ ބުންޏެވެ.

"ބްރިޖް ސީރިސް ދައްކާނެ ތަނެއް ހަމަޖެހިފައެއް ނެތް، އެކަމަކު ވަރަށް އަވަހަށް އިރާދަކުރެއްވިޔާ ކޮންމެވެސް އެއް ޗެނަލަކުން ކޮންމެވެސް އެއްް ޕްލެޓްފޯމެއްގައި މި ސީރީސް ފެނިގެންދާނެ، މި ސީރިސްގެ ސްކްރިޕްޓާއި ސްކްރީން ޕްލޭ އާއި ހުރިހާ އެެއްޗެއް ހެދީ އަޅުގަނޑު." ރަސްއޮންލައިން އަށް މައުލޫމާތު ދެމުން އަމްޖޭ ބުނެފައިވެއެެވެ.

އަމްޖޭ ބުނީ ކޮމެޑީ ސީރިސްއެއް ހެދުމުގެ މަގުސަދަކީ ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި ވަރަށް ގިނަ ބަޔަކު ހިތް ނުތަނަވަސްވެ ބިރުވެރިކަންމަތީގައި ތިބުމުން އެ ފަރާތްތަކަށް ކޮންމެވެސް ވަރެއްގެ ތަސައްލީ އެެއް ހޯދައިދިނުން ކަމަށެވެ.

ބްރިޖް ސީރިސްގެ ތަރިންގެ ތެރޭގައި ފިލްމީ ތަރި ޝީލާ ނަޖީބާއި ޝަމީލް، އަދި އާމިރާ އާއި ތަޖޫބެ އާއި މަރިޔަމް ހަލީމް، އަނިލް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން