އެމޭޒަން އޮރިޖިނަލް ސީރީޒް، "މުމްބާއީ ޑައިރީސް 26/11" އަންނަ ސެޕްޓެންބަރު މަހުގެ 9 ގައި ރިލީޒް ކުރާނެ ކަމަށް އެމޭޒަން ޕްރައިމް ވިޑިއޯއިން މިއަދު ބުނެފިއެވެ.

2008 ވަނަ އަހަރުގެ ނޮވެންބަރު 26 ވަނަ ދުވަހު މުމްބާއީ އަށް ދިން ޓެރަރިސްޓް ހަމަލާގައި ހޮސްޕިޓަލުގައި ކަންކަން ހިނގާދިޔަ ގޮތް އަސްލެއް ކަމަށް ބަލައިގެން ތައްޔާރުކޮށްފައިވާ މި ސީރީޒް ޑައިރެކްޓްކޮށްފައިވަނީ ނިކިލް އަދްވާނީއެވެ. އެމޭ އެންޓަޕްރައިޒަސްއިން ޕްރޮޑިއުސްކުރާ މި ސީރީޒްގައި ދައްކުވައިދޭނީ މިހާތަނަށް ހާމަކޮށްފައި ނުވާ، ނުވަތަ އަންޓޯލްޑް ވާހަކަ ތަކުގެ ތެރެއިން ޑޮކްޓަރުންނާ ނަރުހުންގެ ވާހަކަތަކެކެވެ.

ސައްބީސް އެގާރައިގެ ޓެރަރިސްޓް ހަމަލާގައި މަރުވެދިޔަ މީހުންގެ ފުރާނަ ސަލާމަތް ކުރުމުގައި އެންމެފަހު ވަގުތާ ޖެހެންދެން މަސައްކަތް ކުރި ސިއްހީ އެހީތެރިންނާއި އަނިޔާލިބުނު ފަރާތްތަކަށް ފަރުވާ ދިނުމުގައި ފްރަންޓްލައިންގައި ހަރަކާތްތެރިވި ސިއްހީ އެހީތެރިންނާއި އަދި އެންމެ އެތެރޭގައި، ތިއޭޓަރުތަކާއި އިމެޖެންސީ ކޮޓަރި ތަކުގައި ފަރުވާދިނުމުގައި އަވަދިނެތި ހަރަކާތްތެރިވި ޑޮކްޓަރުންނާއި ނަރުހުން ތަޖުރިބާކުރި މުހިންމު ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މި ސީރީޒްގައި މުހިންމު ރޯލްތައް އަދާކުރާ ކުޅަދާނަ ތަރިންގެ ތެރޭގައި ކޮންކޮނާ ސެން ޝަރްމާއާއި މޯހިޓް ރައިނާއާއި ޓިނާ ޑެސާއީއާއި ޝެރްޔާ ދަންވަންތަރީއާއި ސަޓްޔަޖީޓް ޑުބޭއާއި ނަޓާޝާ ބަރްޑްވާޖް ހިމެނެއެވެ.

އެމޭޒަން ޕްރައިމް ވިޑިއޯ ޕްލެޓްފޯމްގައި އަންނަ މަހު ނުވައެއްގައި، ރިލީޒް ކުރާ މިފިލްމް 240 އަށްވުރެ ގިނަ ގައުމުގައި އެއްފަހަރާ ރިލީޒް ކުރާނެ ކަމަށް އެމޭޒަނުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން