އަހުމަދު މަސްނޫމް   18 އޯގަސްޓު 2021 - 0:11
ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ ހަލާކުވިޔަ ނުދެއްވާނެ ކަމަށް އެޕާޓީގެ އިސްލީޑަރު އަދި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހަންމަދު ސާލިޙު މިރޭ ވިދާޅުވެއްޖެއެވެެ.

ރައީސް ސާލިހު މިހެން ވިދާޅުވީ ތ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުފުޅުގައި ތިމަރަފުއްޓަށް ވަޑައިގެން އެރަށުގައި ތިބި އެމްޑީޕީގެ އިސް ބޭފުޅުންނާއި ޕާޓީގެ މެމްބަރުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމްޑީޕީ ދެ ފެކްޝަނަކަށް ބެހި ޕާޓީގެ ރައީސް، ރައީސް މުހަންމަދު ނަޝީދާއި ޕާޓީގެ އިސް ލީޑަރު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާ ދެމެދު ވަރަށް ބޮޑަށް ޚިޔާލު ތަފާތުވުންތައް އުފެދިފައިވާ މި ދަނޑިވަޅުގައި ރައީސް ސާލިޙު ވިދާޅުވީ، އެމަނިކުފާނު ހުންނަވާނީ އެމްޑީޕީގައި ކަމަށާއި، އެޕާޓީ ހަލާކުވިޔަ ނުދެއްވާނެ ކަމަށެވެ. ރައީސް ވިދާޅުވީ އެމްޑީޕީގެ ކުރިއެރުމަށްޓަކައި ހިންގާ ހަރަކާތްތައް މިހާރަށް ވުރެ ބޮޑަށް އިތުރުކުރަންޖެހޭ ކަމަށެވެ. އަދި އެރަށުގައި ޕާޓީގެ އޮފީހެއް ހެދުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ވެދެއްވާނެ ކަމަށްވެސް ރައީސް ސާލިޙު ވިދާޅުވިއެވެ.



މި ބައްދަލުކުރެއްވުމުގައި އެމްޑީޕީގެ ހަރާކާތްތައް އިތުރުކުރުމާއި ގުޅޭގޮތުން ރައީސް ވަނީ މެމްބަރުންނާއި މަޝްވަރާކުރައްވާފައެވެ. ރޭގެ މި ބައްދަލުވުމުގައި ތިމަރަފުށީގައި ތިބި އެމްޑީޕީގެ ގިނަ އަދަދެއް މެމްބަރުން ވަނީ ބައިވެރިވެފައެވެ.

ރައީސް އޮފީހުން ބުނީ ރައީސްގެ މި ދަތުރުފުޅަކީ ކޮޅުމަޑުލުގެ ހަތް ރަށަކަށް ކުރަށްވާ ރަސްމީ ދަތުރުފުޅެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު