ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި އަނބިކަނބަލުން ފަޒުނާ އަހުމަދު، ދުބާއީއަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އެނބުރި ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރުދުވަހުކަމަށެވެ.

ރައީސްގެ ދެ ކަނބަލުން ވަނީ މިމަހުގެ 20 ވަނަ ދުވަހު އަވަށްޓެރި ސްރީލަންކާއަށްވެސް ނުރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިދެތަރުފުޅުވެސް ކުރަށްވާފައި މިވަނީ ބޮޑު ޢީދާއި މިނިވަން ދުވަހާއި ގުޅިގެން ކަނޑައަޅާފައިވާ ރަސްމީ ބަންދުގެ ތެރޭގައެވެ. މި ބަންދަށްފަހު ސަރުކާރު ހުޅުވޭނީ އަންނަ އޮގަސްޓު މަހުގެ އެއްވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު