މާލޭގައި މިއަދު ހިނގި އަލިފާނުގެ ޙާދިސާއެއް
މާލޭގައި މިއަދު ހިނގި އަލިފާނުގެ ޙާދިސާއެއް
ހެންވޭރު ސަނަތު ކިޔާ ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.


އެމްއެންޑީއެފުން ބުނީ ހާދިސާ ހިނގި ގެޔަށް އެމްއެންޑީއެފްގެ ފަޔަރ ޓީމުން ދިޔައިރު އަލިފާން ނިއްވާލާފައި ވާކަމަށެވެ. މިޙާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހަވީރު 16:23 ގައި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.އެމްއެންޑީއެފުން ބުނީ މި ޙާދިސާއާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން މިހާރު ބަލަމުން ގެންދާކަމަށެވެ.

މިއަދު މާލޭގައި ވަނީ އިތުރު އެހެން އަލިފާނުގެ ހާދިސާއެއްވެސް ހިނގާފަ އެވެ. އެހާދިސާގައި ރޯވެފައި ވަނީ ގަލޮޅު ނިރޮޅުމަގުގައި ހުންނަ ޝީޝާ އިން ސައިކަލް އިންސްޓޯލްމެންޓަށް ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދާ އޮފީހެއްގައެވެ. އެ ހާދިސާގައި ރޯވެފައިވަނީ އެތާގައި ހުރި ކަރަންޓު ބޯޑެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު