އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާއަށް މިހާރު ކުރައްވާ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ތަރައްގީގެ އިތުރު މަޝްރޫއުތަކެއްގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ނިއްމައިފިއެވެ.

އިންޑިއާގެ ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފޮރިން މިނިސްޓަރު އަބުދު ﷲ ޝާހިދުގެ ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ. އަދި އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގަން ނިންމާފައިވާ ކޮމިއުނިޓީ ޑިވޮލޮޕްމަންޓާ ގުޅޭ މަޝްރޫއުތަކުގައި ސޮއި ކުރާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އެހެން ނަމަވެސް އެ މަޝްރޫއުތަކާ ގުޅޭ އިތުރު ތަފްސީލް އަދި ހާމައެއް ނުކުރެއެވެ.

މީގެ އިތުރުން މިނިސްޓަރު ޝާހިދުގެ މި ދަތުރުފުޅުގައި ބައިނަލްއަގުވާމީ މައިދާނުގައި ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް އދ. އިން އަދާކުރެވޭނެ ދައުރާމެދު މަޝްވަރާ ކުރެވޭނެ ކަމަށް ބަޔާނުގައި ވަނީ ބުނެފައެެވެ.

ޝާހިދު އިންޑިިޔާއަށް ކުރައްވާ އެ ދަތުރުފުޅަކީ އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ އިންތިހާބީ ރައީސްގެ ހައިއްސިޔަތުން ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އިންޑިއާގެ ތާއީދާއެކު ޝާހިދު އެ މަގާމަށް ހޮވިވަޑައިގަތް އިރު މަގާމުގެ ހައިސިއްޔަތުން އެންމެ ފުރަތަމަ ރަސްމީ ދަތުރެއް ކުރައްވާނީ ވެސް އިންޑިއާއަށްކަން ފާހަގަކޮށްލެވެއެެވެ.

ޝާހިދުގެ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނެރެންދުރާ މޯދީ އަދި އެ ގައުމުގެ ހާރިޖީ ވަޒީރު ސުބްރަމާނިއަމް ޖަޔަޝަންކަރާ ބައްދަލު ކުރައްވާގޮތަށް ވަނީ ހަމަޖެހިފައެވެ.



ކިޔުންތެރިންގެ ހިޔާލު


4

ހަލީމަތު ރިޔާޒް

26-Jul-2021

ރައަޔިތުންނަށް ނޭނގި މިކަލޭގެ ކޮންހާ އެއްބަސްވުންތަކެއްގަ މި ސޮއިކުރަނީ. ތިހުރީ ލހާ އެއްބަސްވުން ބާތިލްވާނެ. އިޖްރާތުތައް ފުރިހަމަނުވެ ހުންނާނީ. ޝާހިދޭ ކިޔާ ކަޗޯރަކު ކުރާ ސޮޔަކަށް މި ގައުމުން އިހުތިރާމްކުރާކަށް ނުޖެހޭނެ