މާލޭގެ މަގުތައް ބެލެހެއްޓުމުގައި ފުލުހުން ޙަރަކާތްތެރިވަނީ
މާލޭގެ މަގުތައް ބެލެހެއްޓުމުގައި ފުލުހުން ޙަރަކާތްތެރިވަނީ
ރާއްޖެއިން ބޭރުން އަންނަ ދިވެހިންނާއި ވާކް ޕާމިޓް ހޯލްޑަރުންގެ ތެރެއިން ކޯވިޑް-19 ވެކްސިންގެ ދެޑޯޒް ފުރިހަމަކޮށްފައިވާ މީހުން ކަރަންޓީންވާން ނުޖެހޭ ގޮތަށް ހަަމަޖައްސައިފި އެވެ.

އެޗްޕީއޭއިން މިރޭ ނެރުނު އުސޫލުގައި ބުނެފައިވަނީ މި ޖުލައި 26 ވަނަ ދުވަހުން ފެށިގެން ރާއްޖެއިން ބޭރުން އަންނަ ދިވެހިންނާއި ވަރކް ޕާރމިޓް ހޯލްޑަރުންގެ ތެރެއިން ކޯވިޑް-19 ވެކްސިންގެ ދެޑޯޒް ފުރިހަމަކޮށްފައިވާ މީހުން ރާއްޖެ އައިސް ކަރަންޓީން ވާން ނުޖެހޭނެ ކަމަށެވެ.

ނަމަވެސް ރާއްޖެއަށް އެތެރެވާއިރު 72 ގަޑިއިރު ނުވާ ކޮވިޑް-19އަށް ނައްސި ޕީސީއާރް ޓެސްޓެއްގެ ނަތީޖާ ގެންނަން ޖެހޭނެއެވެ. މީގެ އިތުރުން ދަތުރުކުރަންވާނީ ހާލުބެލުމުގެ ޕޯޓަލްއިން ދަތުރުކުރުމުގެ ހުއްދަ ދުރާލައި ހޯދައިގެންނެވެ.

މީގެ އިތުރުން ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެ ބަލިން ފަސޭހަވެފައިވާ މީހުންގެ ތެރެއިން ޕޮޒިޓިވްވި ސާމްޕަލް ނެގި ތާރީހުން ފެށިގެން 60 ދުވަސް ނުވާ މީހުންނާއި ޑަބްލިއުއެޗްއޯ އިން އިމާޖެންސީ ޔޫސްއަށް ލިސްޓްކޮށްފައިވާ ކޮވިޑް-19 ގެ ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަކޮށް ރާއްޖެ އަންނަ ދުވަހާ ހަމައަށް 14 ދުވަސް ވެފައިވާ މީހުން ކަރަންޓީނު ވާން ނުޖެހޭނެ ކަމަށް އުސޫލުގައި ވެއެވެ. އަދި އެ މީހުންނާއެކު ދަތުރުކުރާ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިންވެސް ކަރަންޓީނުވާކަށް ނުޖެހޭނެއެވެ.

އެހެން ނަމަވެސް ކޮވިޑް-19 ގެ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށް 14 ދުވަސް ވެފައިވާ މީހުންނާއި އެކުގައި ދަތުރުކުރާ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިން ރާއްޖެ އެތެރެވާތާ 5 ދުވަހާއި 7 ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓް ހަދަން ޖެހޭނެ ކަމަށް ވަނީ ބުނެފައެވެ. އެ ނޫން މީހުން ރާއްޖެ އެތެރެވުމަށްފަހު 14 ދުވަހުގެ މުއްދަތަށް ކަރަންޓީނުވާން ޖެހޭނެ އެވެ. އަދި އެ މީހުން ކަރަންޓީނުން ދޫކޮށްލެވޭނީ ޕީސީއާރު ޓެސްޓު ހަދައި ނަތީޖާ ނެގެޓިވް ވުމުންނެވެ.

ރާއްޖޭން ބޭރުން ރާއްޖެއަށް ދަތުރުކުރާ ފަރާތްތަކަށް މިލުއިތައް ދިން ނަމަވެސް އެޤައުމެއްގައި ބަލީގެ ޙާލަތު އޮތްގޮތަށް ބަލައި ބަދަލުކުރެވޭނެ ކަމަށް ވެސް އެޗްޕީއޭ އިން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


3

އަބުދުއްﷲރަޝީދު

26-Jul-2021

ސަރުކާރެއްހެޔޮފުޅކަމުން ވެވޭނީމިހާކައްވަރު ނޫންތޯ



ޓްރެންޑިން