ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ތެރެއިން 790 މިލިއަން ޑޮލަރަށްވުރެ ބޮޑު އިންވެސްޓްމެންޓެއްގެ ގޮތުގައި ހިމެނޭ ޓައުންޝިޕް ޕްރޮޖެކްޓަކަށް ބޯޑް އޮފް އިންވެސްޓްމެންޓުން ހުއްދަ ދޭން ނިންމައިފިއެވެ.
ބޯޑް އޮފް އިންވެސްޓްމެންޓުން މި ހުއްދަ ދީފައި ވަނީ ނ. އަތޮޅުގައި ޓައުންޝިޕެއް ތަރައްގީ ކުރުމަށެވެ.
އެ ހުއްދަ ދީފައި ވަނީ ކްރިސްޓަލް ހޯލްޑިިން ކިޔާ ކުންފުންޏަކަށެވެ. މިއީ ރާއްޖޭގެ ފުރަތަމަ ޓައުންޝިޕް ޕްރޮޖެކްޓް ކަން ފާހަގަކުރެވެއެވެ.
އިކޮންމިކް މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ހުއްދަ ދޫކުރީ އެ ކުންފުނިން ހުށަހެޅި ރަސްމީ އެޕްލިކޭޝަނާއި ގުޅިގެން މި އަހަރު ބޭއްވި އެ ބޯޑުގެ ދިހަވަނަ ބައްދަލުވުމުގައި ކަމަށެވެ.
މިގޮތުން 790 މިލިއަން ޑޮލަރަށްވުރެ ބޮޑު އިންވެސްޓްމެންޓެއްގެ މި މަޝްރޫއަކީ، ރިސޯޓް ޓޫރިޒަމަށް އެކަނި ބަރޯސާވެފައިވާ މިހާރުގެ މޮޑެލްތަކުން ބޭރުވެ، އެކި ދާއިރާތަކުން ކުރިއަރާފައިވާ، އަންނަން އޮތް ޖީލަށް އެކަށޭނަ ތަރައްގީ ހުޅުވުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. މި ޓައުންޝިޕްގައި ލަގްޒަރީ ހޮސްޕިޓަލިޓީއެއް ފޯރުކޮށްދެވޭ ގޮތަށާއި ދިރިއުޅުމަށް ހާއްސަ ސަރަހައްދުތަކުގެ އިތުރުން، އިގްތިސާދަށް މުހިންމު ދާއިރާތައް ވެސް ހިމެނޭނެ ކަމަށް އެމިނިސްޓްރީ އިން ބުނެއެވެ.
މީގެ ތެރޭގައި، ރާއްޖެއަކީ މެޑިކަލް އަދި ވެލްނެސް ޓޫރިޒަމްގެ މައި މަންޒިލެއްގެ ގޮތުގައި ބަލައިގަންނާނެ ފަދަ ސްޓޭޓް އޮފް އާޓް ހެލްތް ކެއާ ފެސިލިޓީއަކާއި، ބައިނަލްއަގްވާމީ ފެންވަރުގެ ހޮސްޕިޓާލިޓީ އަދި ލީޑަޝިޕް ސްކޫލަކާއި، ނޭޝަނަލް ފުޑް ސެކިއުރިޓީ ހަރުދަނާކުރުމަށްޓަކައި އެޑްވާންސްޑް އެގްރިކަލްޗާ އަދި އެކްއަކަލްޗާ ނިޒާމުތަކަށް ހާއްސަ ރަށެއް ހިމެނެއެވެ.
މިތަން ތަރަައްގީ ކުރެވިގެން ދާނީ 60 އިންސައްތަ އިޔާދަކުރަނިވި ހަކަތައާއި އެކުގައި ކަން ފާހަގަކުރެވެއެވެ.
މި މަޝްރޫއު 2028 އަށް ނިންމައި، އޮޕަރޭޝަނަށް ގެންނަން އަމާޒު ހިފާފައިވާއިރު، މި މަޝްރޫއުގެ ސަބަބުން ގިނަ އަދަދެއްގެ މަތީ ފެންވަރުގެ ވަޒީފާ އުފެދި، ސަރަަހައްދީ އިގްތިސާދީ ހަރަކާތްތައް ސިންދަފާތު ކުރެވި، ދިގު މުއްދަތަކަށް އަންނަން ބޭނުންވެފައި ތިބި ފަތުރުވެރިންނާއި މުއްސަނދިންނަށް ރާއްޖެ އައުމަށް ބޮޑު ޝައުގުވެރިކަން އުފެދިގެން ދާނެ ކަމަށްވެސް އިކޮންމިކް މިނިސްޓްރީ އިން ބުންޏެވެ.
މިއީ ދިގު މުއްދަތަކަށް ދެމި ހުންނާނެ ފަދަ މާލީ އަދި އިޖުތިމާއީ ހަމަޖެހުމާއި، އިގްތިސާދީ ދާއިރާތައް ތަފާތު ކުރުމަށް އެހީތެރިވާ އައު އީޖާދުތަކަށް ރާއްޖެއިން ދޭ އަހަންމިއްޔަތުކަން ދައްކުވައިދޭ ކަމެއް ކަމަށްވެސް އެ މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު