މުއައްސަސާތަކުގެ ވެރިން ވައްކަމުގެ ހަޑިމުޑުދާރު އަމަލާ ދުރުހެލިވުމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު ގޮވާލައްވައިފިއެެވެ.
ސިޔާމް މިކަމަށް ގޮވާލެއްވީ ދުނިޔޭގެ އެންޓި ކޮރަޕްޝަން ދުވަހާ ގުޅިގެން އެކްސްގައި ކުރެެއްވި ޕޯސްޓެއްގައެވެެ.
މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު ވަނީ މުއައްސަސާތަކުގެ ވެރިންނާއި ޖުމްލަކޮށް ހުރިހާ ދިވެހިން ވައްކަމުގެ ނުބައި އަމަލާ ދުރުހެލިވެ ތިބުމަށް ނަސޭހަތްތެރިވެފައެވެ.
"ދިވެހި ދައުލަތުގެ އެންމެހައި މުއައްސަސާތައް ހިންގެވުމާ ހަވާލުވެވަޑައިގެން ތިއްބެވި އެންމެހައި ވެރިންނަށާއި ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް، ވައްކަމުގެ ހަޑިމުޑުދާރު އަމަލާ ދުރުހެލިވުމަށް އަޅުގަނޑު ނަސޭޙަތްތެރިވަން،" ސަން ސިޔާމް އެކްސްގައި ކުރެެއްވި ޕޯސްޓުގައިވެެއެވެ.
ސިޔާމް ވިދާޅުވީ ވައްކަމުގެ ނުބައި އަމަލުގައި އެއްވެސް ހައިސިއްޔަތަކުން ބައިވެރިވާ ކޮންމެ މީހަކު ހިމެނޭނީ ނަރަކައިގެ ގަދަފަދަ ވެގެންވާ އަޒާބުގެ އަހުލުވެރީންގެ ގޮތުގައި ކަމަށެވެ.
ވައްކަމަކީ މާތްވެގެންވާ އިސްލާމް ދީނުގައި ވަރަށް ހަރުކަށިކަމާއެކު ނަހީކުރައްވައިފައިވާ އަމަލަކަށް ވީ ހިނދު، އެ ފަދަ އަމަލުތަކުން މަންފާ ހޯދާ، ލިބިގަނެ އެ ބޭނުންކުރުމަކީ މި ގައުމު ގެންގޮސް، މުޖުތަމައު ހަލާކުގެ ތެރެއަށް ވައްޓާލާނެ ކަމެއް ކަމަށް ސިޔާމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު