ކޯވިޑްގައި ނިޔާވި މީހެއްގެ ޖަނާޒާ
ކޯވިޑްގައި ނިޔާވި މީހެއްގެ ޖަނާޒާ
ރާއްޖޭގައި ކޯވިޑް ޖެހިގެން ނިޔާވި މީހުންގެ ޢަދަދު 218 އަށް އަރައިފިއެވެ.


އެޗްޕީއޭއިން ބުނީ މިއަދު ހެނދުނު 7:00 ހާއިރު ހުޅުމާލެ މެޑިކަން ފެސިލިޓީއަށް ގެނައި އުމުރުން 82 އަހަރުގެ ފިރިހެނަކު ނިޔާވެފައިވާ ކަމަށާއި އަދި އެއީ ކޯވިޑް ޖެހިގެން ނިޔާވި މީހެއް ކަމަށް އެޗްޕީއޭއިން ކަނޑައަޅާފައިވާ ކަމަށެވެ.

މި މީހާގެ މަރާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 218 އަށް އަރާފަ އެވެ. ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 199 ދިވެހިންނާ 19 ބިދޭސީންނެވެ.މިއަހަރުގެ މެއި މަހަކީ ރާއްޖޭގައި ކޯވިޑް ފެތުރެން ފެށިފަހުން އެއްމަހެއްގައި އެންމެ ގިނަ މީހުން ނިޔާވި މަހެވެ. މެއި މަހު ޖުމްލަ 88 މީހުން ވަނީ ނިޔާވެފައެވެ. އަނެއްކޮޅުން މެއި މަހުގެ 24 ވަނަ ދުވަހަކީ ރާއްޖެއިން އެންމެ ގިނަ ބަޔަކު ކޯވިޑްގައި ނިޔާވި ދުވަހެވެ. އެދުވަހު ރާއްޖެއިން ވަނީ 13 މީހަކު ނިޔާވެފައެވެ.

ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު ނިޔާވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.

ކިޔުންތެރިންގެ ހިޔާލު