މިނިސްޓްރީ އޮފް ޓޫރިޒަމުން ކަނޑައަޅާފައިވާ ގައިޑްލައިންތަކާއި ހިލާފުވި އިތުރު ގެސްޓްހައުސެއްގެ ލައިސެންސް ސަސްޕެންޑްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނެފައިވަނީ ދެކުނު އޭޝިއާގެ ފަތުރުވެރިން އެކޮމޮޑޭޓް ކުރުމުގައި ބޯލަނބަން ޖެހޭ ގަވާއިދާ އެއްގޮތައް އަމަލުތައް ނުބެހެއްޓުމުގެ ސަބަބުން މާލެ ސަރަހައްދުގައި އޮޕަރޭޓް ކުރަމުންދާ އިތުރު ގެސްޓްހައުސްއެއްގެ ލައިސެންސް ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. އަދި އެ މިނިސްޓްރީން މީގެ ދެ ދުވަސް ކުރިން ވަނީ މާލެ ސަރަހައްދުގައި އޮޕަރޭޓްކުރަމުންދާ ތިން ގެސްޓް ހައުސްއެއްގެ ހުއްދަ ސަސްޕެންޑްކޮށްފައެވެ.



ގެސްޓްހައުސްތަކަށް ދޫކޮށްފައިވާ ހުއްދަ ސަސްޕެންޑްކުރަނީ ގަވާއިދުތަކަށް ބޯލަނބަމުން ދޭތޯ ބަލާ އިންސްޕެކްޓް ކުރުމަށް ފަހުކަމަށް ވެސް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު