ިދިގު ރަށުގައި ހުންނަ ގެސްޓް ހައުސް
ިދިގު ރަށުގައި ހުންނަ ގެސްޓް ހައުސް
ރަށްރަށުގައި ހިންގާ ޓޫރިސްޓް ގެސްޓް ހައުސްތަކަށް ދިވެހިންނަށް ޗެކްއިން ކުރެވޭގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އުސޫލަށް ބަދަލު ގެނެސްފިއެވެ.

އެޗްޕީއޭއިން ބުނީ، 15 ޖުލައި 2021 އިން ފެށިގެން ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކަށް މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ޓުއަރިސްޓް ގެސްޓް ހައުސްތަކަށް ޗެކްއިން ކުރުމަށް ހުޅުވާލާފައިވާ ކަމަށެވެ. ނަމަވެސް ޗެކިން ކުރެވޭނީ ވަކި ޝަރުތުތަކެއް ފުރިހަމަވާ ފަރާތްތަކަށެވެ.

އެގޮތުން ކޮވިޑް-19 އަށް ޕޮޒިޓިވެ ބަލިން ރަނގަޅުވެފައިވާ ފަރާތްތަކުގެ ތެރެއިން ބަލިޖެހުނު ތާރީހުން ނުވަތަ ސާމްޕަލް ނެގި ތާރީހުން ފެށިގެން 60 ދުވަސް ވެފައިނުވާ ފަރާތަކަށް ވުމާއި ކޮވިޑު-19 ގެ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށް 14 ދުވަސް ވެފައިވާ ފަރާތްތައް، ގެސްޓް ހައުސްއަށް ޗެކްއިން ވުމުގެ 72 ގަޑިއިރު ނުވާ ޕީ.ސީ.އާރ ނެގެޓިވް ނަތީޖާއެއް އޮންނަން ޖެހޭނެ ކަމަށް އުސޫލުގައި ވެއެވެ.

މީގެއިތުރުން ވެކްސިންނުޖެހޭ އުމުރުގެ ކުޑަކުދިން، ގެސްޓް ހައުސްއަށް ޗެކްއިން ވާނަމަ 72 ގަޑިއިރު ނުވާ ޕީ.ސީ.އާރ ނެގެޓިވް ނަތީޖާއެއް އޮންނަން ޖެހޭނެ ކަމަށް ވެސް އާ އުސޫލުގައި ވެއެވެ.

ގެސްޓް ހައުސްތަކަށް ޗެކްއިން ވުމާއި ރަށްރަށުގައި އުޅޭއިރު ވެސް ރައްކާތެރިކަމުގެ އެންމެހާ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ރަށްރަށަށް ދަތުރުކުރުމަށް މިހާރު ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ދަތުރުކުރުމަށްވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން