ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެތުރުނީ ޗައިނާގައެވެ. އެވައިރަސް އުފަންވީ ޗައިނާއިންނެވެ. މިހާތަނަށް އެއްޤައުމަކުން އެންމެ ގިނަ ބަޔަކަށް ބަލި ޖެހުނީވެސް ޗައިނާގައެވެ. އަދި މިހާތަނަށް ބަލީގައި އެންމެ ގިނަ މީހުން އެއްޤައުމެއްގައި މަރުވީވެސް ޗައިނާއިންނެވެ. އަދި އެންމެ ފުރަތަމަ ކޮރޯނާ ވައިރަސް ކޮންޓްރޯލް ކުރީވެސް ޗައިނާއިންނެވެ. އެކަމަކު ޗައިނާ މިކަމުގައި ގެންގުޅުން ހަރުކަށި އުސޫލުތަކާއި ގައުމާއި ރައްޔިތުން މުޅިން ބަންދުކޮށް އެކަހެރިކުރި ގޮތް އެއީ ދުނިޔޭގެ އެހެން ހުރިހާ ގައުމުތަކަށް ފެތޭ ގޮތްތޯއެވެ؟ ޗައިނާއިން މިކަމުގައި ކަންކުރި ގޮތަކީ ހަމަ އެންމެ ރަނގަޅު ގޮތްކަމުގައި ބަލަންވީ ތޯއެވެ؟

ކޮރޯނާ ވައިރަހުން ޖެހޭ ކޯވިޑް-19 ފެތުރެން ފެށުމުން ޗައިނާއިން އަމަލުކުރި ގޮތާއި އެމެރިކާއާއި ހުޅަނގުން އެކަމުގައި އަމަލު ކުރަމުންދާ ގޮތް ވަރަށް ބޮޑަށް އަޅާ ކިޔަމުން އެބަ ގެންދެއެވެ. ޗައިނާއިން މިހާރު މިވަނީ މި ވައިރަހާއި އެމީހުން ކުރާނެ ގޮތަށް ހަނގުރާމަކޮށް ކާމިޔާބު ހޯދާފައެވެ. ނަމަވެސް ހުޅަނގާއި އެމެރިކާ ފަދަ ބޮޑެތި ޤައުމުތަކުން ކޮރޯނާ ވައިރަސްއާއިދެކޮޅަށް ކުރާ ހަނގުރާމައިގައި ކާމިޔާބު ލިބޭ ގޮތެއް އަދި ނުވެއެވެ.

ޗައިނާއަށް ތާއީދު ކުރާ ނުވަތަ ޗައިނާގެ އުސޫލުތައް ގަބޫލުކުރާ ފަރާތްތަކުން ބުނަނީ ޗައިނާއިން ގެންގުޅޭ އެއްޕާޓީ، އެއްލީޑަރުގެ ސިޔާސަތަކީ ހުޅަގުން ގެންގުޅޭ ޑިމޮކްރެސީގެ ސިޔާސަތަށް ވުރެ ކޯވިޑް-19 އާއި ހަނގުރާމަ ކުރުމުގައި ނުވަތަ އެފަދަ ހާލަތު ތަކުގައި އަމަލު ކުރުމަށް މާ ކާމިޔާބު ސިޔާސަތެއް ކަމަށެވެ.

މިދެންނެވި ޗައިނާގެ ގޮތްތައް ރަނގަޅު ކަމަށް ބުނާ މީހުން އެހެން އެބުނަނީ މިކަމުގައި ޗައިނާ އަމަލުކުރި ގޮތުގެ ހަގީގަތް ނޭގޭތީ ކަމުގައި ވެސް ވެދާނެއެވެ. ނޫނީ އެނގިތިބެ ގަސްތުގައި އެކަން ކުރި ގޮތް އޮޅުވާލަން ބޭނުންވަނީ ކަމުގައި ވެސް ވެދާނެއެވެ. ނޫންނަމަ ޗައިނާގެ އުނގަށް ވެއްޓިފައި ތިބި ވަރުން އެކަމަށް ލޯމަރާލައިގެން ތިބެން ބޭނުންވަނީ ކަމުގައި ވެސް ވެދާނެއެވެ.

ކޮރޯނާ ވައިރަސް ކޮންޓްރޯލް ކުރުމަށް ޗައިނާއިން ގެންގުޅުނު އުސޫލާއި ގޮތްތައް މޮޅުވެގެން އެވާހަކަ ދައްކައި އެގޮތަށް އަމަލު ކުރުމަށް ބައެއް ފަރާތްތަކުން ގޮވާލަމުން ގެންދާއިރު އެންމެ ހައިރާންވާ ކަމަކީ ޗައިނާގައި މި ބަލިމަޑުކަން ފެށުނު ވަގުތު އެވާހަކަ ދެއްކި މީހުންނަށް ވީނުވީ ގޮތެއް ނޭނގި އެމީހުން ގެއްލިފައިވާކަން އެއްވެސް ބަޔަލު މިހާރު ހަނދާނުގައި ނެތްކަމެވެ. މިއާއި ޚިލާފަށް އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކުގެ ސަރުކާރުތަކުން ކޮރޯނާ ވައިރަހާއި ހަނގުރާމަ ކުރުމުގައި ކަންކުރާ ގޮތުގެ ވާހަކަ ދައްކައި ފާޑުކިޔައި ހަދަމުން ގެންދަނީ އެއްވެސް ބިރެއް ނެތި ފާޅުގައެވެ. ޗައިނާގެ ސިޔާސަތަކީ ތިޔަ ބުނާހާ މޮޅު، ކަމުދާ ސިޔާސަތެއް ނަމަ އެމީހުންގެ ސިޔާސަތުތަކާއި ދެކޮޅަށް ވާހަކަ ދެއްކި މީހުންގެ އަނގަތައް ބަންދުކޮށް ހަނުހިމޭން ކޮށްލައި އެމީހުން ނެތިކޮށްލުމަކީ ހަމަ އެންމެ ކަމުދާ ރަނގަޅު ގޮތްތޯއެވެ؟

ޗައިނާއިން ކޮރޯނާ ވައިރަސް ކޮންޓްރޯލް ކުރިގޮތަށް ސާބަސް ދޭށެވެ. އެކަމަކު މީގެ މާނައަކީ ޗައިނާއިން ގެންގުޅޭ ގޮށްމުށުގެ ބާރުން ވެރިކަން ކުރާ އުސޫލާއި ޑިމޮކްރެސީއާއި ބީރަށްޓެހި ނާތަހުޒީބީ، އަދި ޒަމާނީ ރިބެތި އުސޫލުތަކާއި ޑިމޮރެސީގެ ހަމަތަކަށް ނުފެތޭ ގާނޫނު ތަކާއި އުސޫލުތަކާއި ބާރުގެ ބޭނުން ކުރުމަކީ ރަނގަޅު ގޮތް ކަމުގައި ވެގެން ނުވާނެއެވެ.

ޗައިނާއަކީ ދުނިޔޭގައި އޮތް އެންމެ ހަރުކަށި ކޮމިއުނިސްޓް އެއް ޤައުމެވެ. ޗައިނާއިން މި ބަލިމަޑުކަމުގެ އެންމެ ކުރީކޮޅުގައި ކަންކުރީ ރަނގަޅަށް ކަމަށްވާނަމަ ހުސްވި އަހަރުގެ ޑިސެންބަރު މަހުން ފެށިގެން މި ބަލީގެ އަޑު ގަދަވެ ބަލިފެތުރެން ފެށިތާ މަހެއްހާ ދުވަސްވީއިރުވެސް ބަލީގެ ވާހަކަ ބާރަށް ނުދައްކައި ރަނގަޅު ޞިއްޙީ ފިޔަވަޅުތައް ނާޅާ ތިބީ ކީއްވެބާވައެވެ؟ އެމީހުންގެ ލީޑަރަކީ އެހާ ރައްޔިތުންގެ ޞިއްޙަތަށާއި ދުނިޔޭގެ އެހެނިހެން ޤައުމުތަކުގެ ރައްޔިތުންގެ ޞިއްޙަތާމެދު ފިކުރު ހިންގަވާ ލީޑަރަކު ކަމުގައި ވާނަމަ ޗައިނާގައި ބަލި ފެތުރެން ފެށިތާ މަހެއްހާ ދުވަސް ވާންދެން އެކަން ސިއްރުކޮށްގެން ހުންނެވީ ކީއްވެތޯ މިއަދު ސުވާލު އުފައްދަން ޖެހެއެވެ. ހަގީގަތުގައި މިއަދު އެމީހުންނަށް ޖެހުނު މި “ބަލާއާއި އާފާތުގެ” އުނދަގޫ މުޅި ދުނިޔެއަށް ކުރިމަތީވެފައި މިވަނީ ޗައިނާގެ ލީޑަރު މިކަން ސިއްރުކޮށް އެވާހަކަ ދެއްކުމަށް ހުރަސްއެޅުމުން ކަމުގައި ގަބޫލު ނުކުރެވެނީ ކީއްވެގެން ހެއްޔެވެ؟

މި ސަބަބުތަކަށް ޓަކާ ޗައިނާއިން ކޮރޯނާ ވައިރަހާއި ހަނގުރާމަ ކުރަން ގެންގުޅުނު “ލޮކްޑައުން” އުސޫލަކީ ދުނިޔޭގެ އެހެން ޤައުތަކަށް އެންމެ ރަނގަޅު ގޮތް ނޫންކަން އެބަ ގަބޫލުކުރަން މަޖުބޫރުވެއެވެ. އަދި އެއީ އެހެން ޤައުމުތަކުގެ ރައްޔިތުންނަށް ގަބޫލުކުރެވޭ އެންމެ ކަމުދާ ގޮތް ކަމަކަށްވެސް ނުވެއެވެ.

ކޮރޯނާ ވައިރަސް ކޮންޓްރޯލް ކުރުމަށް އެހެން ޤައުމުތަކުން ގެންގުޅެފައިވާ އަދި ގެންގުޅެމުންދާ އުސޫލުތަކާއި އަމަލު ކުރަމުންދާ ސިޔާސަތު ތަކާމެދު ނަޒަރު ހިންގާލަމާ ހިންގަވާށެވެ. ތައިވާނުން މިވަނީ ގޮށްމުށުގެ ބާރު ނުގެންގުޅެ ޗައިނާއިން ލޮކްޑައުން ކުރި ގޮތަށް ބަންދު ނުކޮށް މިފަދަ ކާރިސާތަކުން ސަލާމަތް ވެވިދާނެ ކަން މުޅި ދުނިޔެއަށް ސާބިތު ކޮށްދީފައެވެ. ތައިވާންގެ ތަޖުރިބާއަކީ ޗައިނާގެ ގޮއްލަރު ތަޖުރިބާއާއި ޚިލާފަށް ވަރަށް ޒަމާނީ ޑިމޮކްރެޓިކް ތަޖުރިބާއެކެވެ. އެމީހުން ގެންގުޅުނީ މައުލޫތު ހާމަކުރުމުގެ މައްޗަށް ބިނާވެފައިވާ، އަވަހަށް ޓެސްޓް ކުރުމާއި އިންތެލިޖެންސް މައުލޫމާތުގެ ބޭނުން ހިފުމުގެ ސިޔާސަތެކެވެ.

ދެކުނު ކޮރެއާއިން ބޭނުންކުރީ ވީހާވެސް ގިނަ ބައެއްގެ ޓެސްޓް ހެދުމާއެކު ވަގުތުން ވަގުތަށް މައުލޫމާތު ހިއްސާކުރުމުގެ ސިޔާސަތެވެ. ޖަޕާން އަދި ސިންގަޕޫރުގެ ސިޔާސަތަކީ އަމިއްލައަށް މީހުންނާ ދުރުހެލިވެ އުޅުމުގެ ސިޔާސަތެވެ. މިހުރިހާ ސަރުކާރު ތަކުން ވެސް މި ހާލަތުގައި އަމަލުކުރަމުން ގެންދިޔައީ ނުވަތަ ބޭނުން ކުރަމުން ގެންދަނީ ރައްޔިތުންނަށް ފަސޭހައިން ބަލައިގަނެ ގަބޫލުކުރެވޭ ފަދަ ސިޔާސަތު ތަކެކެވެ.

މިޤައުމުތަކުން ކޮރޯނާ ވައިރަހާއި ހަނގުރާމަ ކުރުމަށް ގެންގުޅުނު އުސޫލުތައް ވަރަށް ތަފާތެވެ. ނަމަވެސް މިޤައުމުތަކުން ގެންގުޅެފައިވާ ސިޔާސަތު ތަކަކީވެސް ޗައިނާއަށް ދޫކުރާ ވަރުގެ ސިޔާސަތުތަކެއް ނޫނެވެ. އެޤައުމުތަކުން އަމަލުކޮށްފައި ވަނީ މުޖުތަމަޢުގެ އެއްބާރުލުމާއެކު ސަރުކާރު ހިންގުމުގެ އޮނިގަނޑުގެ ތެރެއިން ކަންކަން ކުރުމުގެ ހަރުދަނާ ސިޔާސަތެވެ.

މިހާތަނުން އުފެދޭ ސުވާލަކީ ތައިވާނާއި ސިންގަޕޫރު ފަދަ ޤައުމުތަކުން ޗައިނާ ބޭނުންކުރި ގޮށްމުށުގެ ބާރުގެ ބޭނުން ނުކޮށް މިކަމަށް ހައްލު ހޯދީ ކިހިނެއްކަމާމެދު އުފެދޭ ސުވާލެވެ. ޗައިނާގެ ލޮކްޑައުން އުސޫލު އެޤައުމު ތަކަށް ފިޓް ނުވީ ކީއްވެ ކަމާމެދު އުފެދޭ ސުވާލެވެ.

ކޮރޯނާ ވައިރަސްގެ ނުރައްކާތެރި ބަލިމަޑުކަމުގެ ހާލަތުގައިވެސް ޗައިނާއިން ފުރުސަތުގެ ބޭނުންކޮށްގެން މިކުރި ކަމަކީ އެޤައުމުގެ ޚުދުމުޚުތާރު ވެރީން އޮފްދާރުކޮށް އެމީހުން މަޝްހޫރުކުރުމެވެ. މިބަލިމަޑުކަމާއި ބެހޭ މައުލޫމާތު ފެތުރުމާއި މުޅި ދުނިޔެއަށް މައުލޫމާތު ހާމަކުރުމަށް ފިޔަވަޅު އެޅުމުގައި ޗައިނާއިން ބޭނުންވާ ގޮތަށް ކަންކުރުމަށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ، ޑަބްލިޔޫ އެޗް އޯއަށް ބިރުދައްކާ ހަދަމުން ގެންދިޔައެވެ. ޗައިނާއިން ބޭނުންވާ ގޮތަށް އަމަލު ނުކޮށްފި ނަމަ އެމީހުންގެ އެއްބާރުލުން ނުލިބޭނެ ކަމަށް ބުނެއެވެ.

އެހެން ކަމުން އެޖަމާއަތުން ވެސް ކަންކުރަމުން ގެންދިޔައީ ޗައިނާ ބޭނުންވާ ގޮތަށެވެ. މީގެ އެންމެ ބޮޑު ހެއްކަކީ ބައްޔަށް ނަން ދިނުމުގައިވެސް ކުރީގައި މިފަދަ ބަލި ތަކަށް ނަންދިނުމުގައި ގެންގުޅެފައިވާ އުސޫލާއި ޚިލާފަށް ކަންކުރުމެވެ. އެގޮތުން ކޯވިޑް-19 ގެ ނަމުން މިބައްޔަށް ނަންދިނީ ވޫހާން ވައިރަސް ނުކިޔަން ވެގެންނެވެ. ޗައިނާ ދެކެ ގަންނަ ބިރަކުން ޗައިނާ ރުއްސަން ވެގެންނެވެ.

މިކަން ކަށަވަރު ކޮށްދޭ އެއް ހަގީގަތަކީ އެބޯލާ އާއި ޒިކާ ފަދަ ނަންތަކަކީ އެބަލިތައް އުފަންވި އެފްރިކާގެ ސަރަހައްދުތަކަށް ނިސްބަތްވާ ގޮތަށް ކިޔާފައިވާ ނަންތަކަށް ވުމެވެ. މީގެއިތުރުން ބަލި ފެތުރުނަ ނުދިނުމަށް އަޅަން ޖެހޭ ފިޔަވަޅުތައް މުޅިދުނިޔެއަށް އިޢުލާން ކުރުމުގައާއި މިބަލީގެ ވާހަކަ ދުނިޔޭގެ ސަމާލު ކަމަށް ގެނައުމުގައާއި ކޯވިޑް-19 އަކީ ނުރައްކާތެރި ރޯގާބަލިމަޑުކަމެއްކަމުގައި އާންމުކޮށް އިޢުލާން ކުރުމަށް ޑަބްލިޔޫ އެޗް އޯ ފަސްޖެހުނީވެސް ޗައިނާ ދެކެ ގަންނަ ބިރަކުން ކަމުގައި ބެލެވެއެވެ.

ކޮރޯނާވައިރަހުގެ ނިޔަލުގައި ޗައިނާއިން މިވަނީ މުޅި ދުނިޔޭގެ ހަމްދަރުދީ ހޯދައިފައެވެ. އަޅުގަނޑާއި ތިޔަބޭފުޅާގެ ހަމްދަރުދީވެސް މީގެ ތެރޭގައި ހިމެނެއެވެ. އަދި މި ދަނޑިވަޅުގައި އިންޑިޔާއިން ދިއްކޮށްލި އެހީގެ އަތަށް ފުރަސްސާރަކޮށް ހުޅަނގުގެ ބޮލުގައި މި މުސީބާތުގެ ޒިންމާވެސް މިވަނީ އަޅުވާފައެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ދެން ފެނިގެންދާނީ ޗައިނާގެ ބާރާއި ނުފޫޒުގެ ބޭނުން ކޮށްގެން އެމީހުން ބޭނުންވާ ގޮތަށް ކަންކޮށް ނިންމާލާފައި އެމީހުންގެ އޮފްދާރު ރީތި ފަރާތް ދުނިޔެއަށް ދައްކައި ހުޅުގާއި މުއްސަނދި ގައުމުތަކަށް ގޮން ޖަހައި ފޮނިކަނޑަމުންދާ މަންޒަރެވެ.

ކޮވިޑް-19 އަކީ ޗައިނާގެ ސަބަބުން ނުވަތަ އެމީހުންގެ ފަރުވާ ކުޑަކަމުން ދުނިޔެއަށް ކުރިމަތިވި ވަބާއެއްކަން ވެސް ދެން ދުވަސްކޮޅަކުން އެމީހުން ގަބޫލެއް ނުކުރާނެއެވެ. އެމީހުން މިކަމުގައި އަޅާފައިވާ ކަތި ފިޔަވަޅުތައް ނުވަތަ ހަދާފައިވާ ގޯސްތަކުގެ މަތީން ދުނިޔޭގެ ލީޑަރުން ހަނދާން ނެތިދާނެއެވެ. އެކަމަކު ޗައިނާގެ ލީޑަރުންނަކީ ކޮންހަލަ ކިހާވަރެއްގެ ކޮންބައެއް ކަން ދުނިޔޭގެ ރައްޔިތުންނަކަށް ނޯޅޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު


3

ވަރައް ޒާތީ ލިޔުމެއް

23-Mar-2020

ވާނުވާ ނުބަލާ ލިޔެފަވާ ލިޔުމެއް


-2

އެހެންތަ

23-Mar-2020

އެންމެގިނަ މީހުން މަރުވީ އިޓަލީއިން. ލިޔާ އެއްޗެއް ރަގަޅަށް ލިޔެބަލަ


19

މަ

22-Mar-2020

މުޅި އާޓިކަލް ނިމުނު އިރުވެސް ވީ ނުވީއެއް ނޭނގުނު. ނުލިޔެބަލަ މި ވަރުން ހެޔޮނުވާނެ.


6

ޭއެޖެންޑާ 19

22-Mar-2020

ނޫސްވެރިކަމަށް ހުރި ބަލާއެއް. ތިބުނާ ހުޅަގުގެ ޑީމޯކުރެޓުން ހަބަރު ލިޔަނީ ތިހެންބާ.. އެމީހުންވެސް މައުލޫމާތު އެއްކޮށްފަ ދެފަރާތައް ހަމަހަމަ ކޮށްފަ ހަވާލު ކުރަނީ ކިޔުން ތެރިންނައް ގޮތްނިންމަން. ދެން އެހެން ނޫނަސް ތިބުނާ ހުޅަގުގެ ޑިމޮކުރަސީގެ މީހުން ތިހާ މޮޅިއްޔާ ކީއްވެ އިޓަލީ އިން ތިބަލި ކޮންޓުރޯލް ނުވެގެން އުޅެނީ.. މޮޅުވާހަކަ ނުދައްކާ އަގަމަޑުން ލައިގެެން އިދެބަލަ.


27

ާައަައްޔަ

22-Mar-2020

ޗައިނާ އާ ނެއެޓެން ނޭނގިގެން އުޅޭކަން ވ ފާހަގަ ކުރެވޭ


4

ފޮޅި

22-Mar-2020

ތީބޮޑުވަރުކޮބާތިބުނާ ހުޅަގުގެމޮޅުކަމަކީ


17

ޫުެެދާދު.....

22-Mar-2020

ޙަހަހަ މުޅި އާޓިކަލް ނިމުނުއިރުވެސް ޗައިނާއިން ލޮކްޑައޮން އަށް ގެންގުޅުނު އުސޫލެއް ނޭގުނު.. ނޫސް ލިޔަން ދަސްކުރަން ފެނޭ...


18

ޭއަހުމަދު

22-Mar-2020

ސަހަރޯ ހީވެ ޅޮކްޑައުން މީގެ 1400 އަހަރު ކުރިން އިންސާނުންނަށް ދަސްކޮށްދެއްވާފަ އޮތީ މި އުންމަތުގެ ނަބިއްޔާ ދެން ކޮން ޗައިނާ ގެންގުޅުނު ގޮތެއްތަ


10

ސަނޫން

21-Mar-2020

މުޅި އާޓިކަލް ނިމުނުއިރުވެސް ޗައިނާއިން ލޮކްޑައޮން އަށް ގެންގުޅުނު އުސޫލެއް ނޭގުނު.


13

ާހެހެ

21-Mar-2020

ޙަހަހަ ހަބަރު ނިމުނު އިރުވެސް ޗައިނާ މީހުން ވައިރަސް ކޮންްޓްރޯލް ކުރި ގޮތެއް ބަޔާނެށް ނުކޮށްދޭ މުޅިން ޗައިނާ ސަރުކާރު ގޮޢްމުށުގެ ބޭނުން ކުރާވާހަކަ ލިޔެފަ އޮތީ.


34

ޢަލީ

21-Mar-2020

މުޅި އާޓިކަލް ނިމުނުއިރުވެސް ޗައިނާއިން ލޮކްޑައޮން އަށް ގެންގުޅުނު އުސޫލެއް ނޭގުނު.


20

احمد

20-Mar-2020

ޗައިނާ އާއި ހަސަދަ ވެރިވިޔަސް ތީ ބޮޑުވަރު


12

ޙަމުނ

20-Mar-2020

އަހަރުމެންނަށް ހެވެއްނު ކޮންމެ ގޮތަަކަށް އެމީހުން ކަން ކޮށްގެންވެސް ވައިރަސް ކޮންޓްރޯލް ކޮށްފިއެއްނު...މީހަކަށް ތަޢުރީފު ނުކުރާތި އޮޅިގެންވެސް..


9

ޑިމޮކްރަސީ

20-Mar-2020

މިވާހަ ވ ރަގަޅު ޗައިނާގެ ސަބަބުން މިބަލި މުޅިދުނިޔެއަށް ފެތުރުނީ އަދި މިބަލި އުފަންވީ ވެސް އެމީހުންގެ ލާއިންސާނި އާދަކާދައިގެ ސަބަބުން


25

ާާއަލިކޮއެ

19-Mar-2020

ޗައިނާ ޔާ ޒާތީގޮތުން ޖައްސާލާފަ ހުރިކަމަށް ފާހަގަ ކޮއްލެވޭ



ޓްރެންޑިން