ބޮލީވުޑްގެ ދެތަރިން ކަމަށްވާ ކަރީނާ ކަޕޫރާއި ސައިފް އަލީ ޚާނަށް ލިބުނު ދެވަނަ ދަރިފުޅުގެ ނަން ހާމަކޮށްފިއެވެ.

ކަރީނާއާ ސައިފްގެ ދެވަނަ ދަރިފުޅު އުފަންވެފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުއެވެ. ނަމަވެސް ދަރިފުޅަށް ނަންކީކަން އާންމުވެގެން ދިޔައީ މިދިޔަ ހޮނިހިރުދުވަހުއެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާގޮތުގައި ކަރީނާ އަދި ސައިފްގެ ދެވަނަ ދަރިފުޅުގެ ނަމަކީ "ޖެހް" އެވެ. ކަރީނާ ކަޕޫރުގެ ބައްޕަ ރަންދީރު ކަޕޫރު ވަނީ އިންޑިއާގެ ނޫހަކަށް ދިން އިންޓަރވިއުއެއްގައި މިކަން ޔަގީންކޮށްދީފައެވެ. އަދި މިނަން ކިއުމަށް ނިންމިތާ އަދިވާނީ ހަފްތާއެއްކަމަށްވެސް ރަންދީރު ފާހަގަކޮށްފައިވެއެވެ.



ކަރީނާއާއި ސައިފަށް ލިބުނު ދެވަނަ ދަރިފުޅަށް ނަމެއް ނުކިޔާ މިހާ ގިނަ ދުވަސް ވީ، ދަރިފުޅަށް ކިޔާނެ ނަމަކާމެދު ވަކިގޮތެއް ނުނިންމިގެން ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

ސައިފުގެ ދެމަފިރިންނަށް މިހާތަނަށް އަދި ލިބިފައިވަނީ ދެ ފިރިހެން ކުދިންނެވެ. މިދެމަފިރިންގެ ފުރަތަމަ ދަރިފުޅަށް ކިޔަނީ ތައިމުރް އެވެ.


ކިޔުންތެރިންގެ ހިޔާލު


2

ސސ

16-Jul-2021

ފަންނާނުން ފިލްމީ ތަރިންވެސް ދަރިން ހޯދާ, ދިވެހި ޒުވާނުން ނޫޅޭ ދަރިން ހޯދަން ?



ޓްރެންޑިން