އިންޑިއާގެ މަޝްހޫރު ވެޓެރަން އެކްޓަރ ދަރްމެންދްރަ، ކަރަން ޖޯހަރުގެ ފިލްމަކުން ފެނިގެން ދާނެކަމަށް ހާމަކޮށްފިއެވެ.

ކަރަން ޖޯހަރުގެ "ރޮކީ އޮރް ރާނީ ކި ޕްރޭމް ކަހާނީ" ނަމަކަށް ކިއުނު މިފިލްމުގައި ދަރްމެންދްރާ އާއިއެކު އާލިއާ ބަޓް، ރަންވީރް ސިންގ، ޖާޔާ ބައްޗަން އަދި ޝަބާނާ އަޒްމީ ފެނިގެން ދާނެއެވެ. މިއީ ކަރަން ޖޯހަރުގެ ފިލްމަކުން ދަރްމެންދްރާ ފެނިގެންދާނެ ފުރަތަމަ ފަހަރުވެސްމެއެވެ.

މިފިލްމުގައި ދަރްމެންދްރާ އަދާކުރާނީ ރޮމޭންޓިކް މީހެއްގެ ރޯލުކަމަށް އޭނާ ބުނެފައިވެއެވެ. އަދި ދަރުމެންދުރަ ހުރީ މިރޯލާ މެދު ވަރަށް ހިތްހަމަ ޖެހި އުފާވެފައެވެ.

މިފިލްމާއެކު ދަރްމެންދްރާ އަނބުރާ ފިލްމީ ދާއިރާއަށް އައި ކަމަށް ގަބޫލުކުރަން ވީތޯ އިންޓަރވިއުއެއްގައި ސުވާލުކުރުމުން، ދަރްމެންދްރާ ވަނީ ކެމެރާއާއި މާދުރަށް އެއް އިރެއްގައިވެސް ނުދާކަމާއި، ފުރުސަތު ލިބޭ ވަރަކުން ކެމެރާޔާ ކައިރިން ފެންނަމުންދާނެކަމަށް ހާމަކޮށްފައެވެ.

80 އަދި 90 ގެ އަހަރު ތަކުގައި އިންޑިއާގެ ސިނަމާތަކުން އެންމެ ވިދާލި އެއް އެކްޓަރ ކަމަށްވާ ދަރްމެންދްރާ ވަނީ ގިނަ ފިލްމު ތަކެއް ޕްރޮޑިއުސްވެސް ކޮށްފައެވެ. ނަމަވެސް 2003 ވަނަ އަހަރު ފިލްމީ ދާއިރާ އާއި ދުރަށް ޖެހިލުމަށްފަހު ދެން ފިލްމަކުން ފެނިގެންދިޔައީ އޭގެ 4 އަހަރު ފަހުންނެވެ. ދަރްމެންދްރާ އެންމެ ފަހުން ފެނިގެން ދިޔައީ 2014 ވަނަ އަހަރު ރިލީޒް ކުރި ޕަންޖާބީ ފިލްމެއްކަމަށްވާ ޑަބަލް ޑީ ޓްރަބަލް އިންނެވެ.

ފިލްމީ ދާއިރާގެ އިތުރުން އިންޑިއާގެ ސިޔާސީ މައިދާނުންވެސް ދަރްމެންދްރާ ވަނީ ފެނިގެން ގޮސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން