ސޮނާކްޝީ ސިންހާއާއި އަޖޭ ދޭވްގަން އެކުގައި ފެނިގެންދާ ހިންދީ ފިލްމު ބޫޖް ރިލީޒް ކުރާނެ ތާރީހެއް އިއުލާންކޮށްފިއެވެ.

ހިންދީ ފިލްމު "ބޫޖް - ދަ ޕްރައިޑް އޮފް އިންޑިއާ" އަކީ އިންޑިއާ އަދި ޕާކިސްތާނުގެ ހަނގުރާމަޔާ ބެހޭގޮތުން ތައްޔާރުކޮށްފައިވާ ފިލްމެކެވެ. މިފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮގަސްޓު މަހުގެ 13 ވަނަ ދުވަހުއެވެ.


މިފިލްމުގައި ސޮނާކްޝީ ސިންހާ އަދި އަޖޭ ދޭވްގަންގެ އިތުރުން ސަންޖޭ ދަތު، އަދި ނޯރާ ފަތޭހީ ވެސް ފެނިގެން ދާނެކަމަށްވެއެވެ.

މިފިލްމު ފުރަތަމް ރިލީޒް ކުރަން ހަމަޖެހުނީ 2020 ވަނަ އަހަރުގެ އޮގަސްޓު މަހުއެވެ. ނަމަވެސް ކޮވިޑާއި ގުޅިގެން ފިލްމު ޕްރޮޑަކްޝަނަށް ކުރިމަތިވި ޑިލޭތަކާއިއެކު ފިލްމުގެ ޝޫޓިންގް ވެސް ނިންމާލެވުނީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ.

މިފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ޑިޒްނީ ޕްލަސް ހޮޓްސްޓަރ މެދުވެރިކޮށް އޮންލައިން ކޮށެވެ.

ކިޔުންތެރިންގެ ހިޔާލު