އެސްޓީއޯ މައި އޮފީސް
އެސްޓީއޯ މައި އޮފީސް
އެސްޓީއޯ އީސްޓޯރ ގެ މުވައްޒަފަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ އެހިދުމަތުގައި ހަރަކާތްތެރިވާ ގިނަ މުވައްޒަފުންތަކެއް ސެލްފް އައިސޮލޭޝަނަށް ދިއުމާއި ގުޅިގެން އީސްޓޯރގެ ހިދުމަތް މިވަގުތު މެދުކަނޑާލައި ހޯލްސޭލް ކުރަން ފަށާފައިވާކަމަށް އެކުންފުނިން ބުނެފިއެވެ.

އެކުންފުނިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެސްޓީއޯއިން ވިއްކާ މުދަލުގެ ބާވަތްތައް މެދުކެނޑުމެއްނެތި ވީހާވެސް ގިނަ ފަރާތްތަކަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން، އީސްޓޯރ މެދުވެރިކޮށް ރީޓެއިލް ފިހާރަތަކަށް ހޯލްސޭލްކޮށް މުދާ ވިއްކުމަށް މިހާރު ވަނީ ހުޅުވާލެވިފައިކަމަށެވެ.

މިވަގުތަށް އީސްޓޯރގައި ހިމެނިފައިވަނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަރމާޓްގެ ހޮވާލެވިފައިވާ ވަކި ބާވަތްތަކެއްކަމަށްވެސް އެސްޓީއޯއިން ބުނެފައި ވެއެވެ.

ގަންނަ މުދަލަށް ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ކަމަށާއި، ޑެލިވަރ ކުރުމަށް 24 ގަޑިއިރާ 48 ގަޑިއިރާ ދެމެދުގެ ވަގުތެއް ނަގާއިރު ޑެލިވަރީ ފީއެއްގެ ގޮތުގައި 70 ރުފިޔާ ނަގާނެ ކަމަށް އެސްޓީއޯ އީސްޓޯރުން ބުނެފައިވެއެވެ. އަދި މިގޮތަށް މުދާ ފޯރުކޮށްދެވޭނީ ފިހާރަ ހިމެނޭ އިމާރާތުގެ ބޭރަށް ކަމަށް އެސްޓީއޯއިން ނެރެފައިވާ ބަޔާނުގައި ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން