އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި އާމިރް ޚާން އަދި އޭނާގެ އަންހެނުން ކިރަން ރާއޯ ވަކިވިކަން އިއުލާންކޮށްފިއެވެ.

މިކަމާބެހޭގޮތުން އާންމުކޮށްފައިވާ ލިއުމެއްގައި 15 އަހަރު ދުވަހު އެކުގައި އުޅުނުއިރު އުފާވެރިކަމާއި، އެކިކަހަލަ ތަޖުރިބާތައް ދެމީހުންވެސް ހިއްސާކޮށްފައިވާކަމަށްވެއެވެ. އަދި ކުރިއަށް ދެން އޮތް ދުވަސްތައް ހޭދަކުރަން ބޭނުމީ ކައިވެނީގެ ގުޅުމެއްގައި ތިބެގެން ނޫންނަމަށާއި ދެމީހުންގެ ދަރިފުޅު ބެލުމަށް އެކުގައި ހިއްސާވާނެކަމަށްވެސް އެ ލިއުމުގައި ބުނެފައިވެއެވެ.

1973 ވަނަ އަހަރު ކުޑަކުއްޖެއްގެ ރޯލުން ފުރަތަމަ ބޮލީވުޑަށް ތަޢާރަފްވި އާމިރް ޚާން، ކިރަން ރާއޯއާއި ކައިވެނި ކޮށްފައިވަނީ 2005 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.

އާމިރް ޚާން އަދި ކިރަން ރާއޯގެ ދަރިފުޅު އަޒަދް ރާއޯ ޚާން އުފަންވެފައިވަނީ 2011 ވަނަ އަހަރުއެވެ. އާމިރް ޚާނާއި ކިރަން ރާއޯއަށް ލިބިފައިވަނީ ހަމައެކަނި ފިރިހެންކުއްޖެކެވެ.

އާމިރް ވަނީ ކިރަން އާއި އިނުމުގެ ކުރިން އިތުރު ކައިވެންޏެއްވެސް ކޮށްފައެވެ. 1986 ވަނަ އަހަރު އާމިރް ޚާން ރީނާ ދައްތާ އާއި ކުރި ކައިވެންޏަށް އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ލިބިފައިވެއެވެ. އާމިރާއި ރީނާ ވަކިވެފައިވަނީ 2002 ވަނަ އަހަރުއެވެ.



ބޮލީވުޑްގައި ފަންސާހަކަށް އަހަރު އާމިރް ޚާން ހޭދަކޮށްފައިވާއިރު، ދިލް، ރާޖާ ހިންދުސްތާނީ، ފަނާ، ތާރޭ ޒަމީން ޕަރް ފަދަ ރީތި ކާމިޔާބު ހިންދީ ފިލްމުތަކަކީ އޭނާގެ ފާހަގަކޮށްލެވޭ މަސައްކަތްތަކެވެ. ފިލްމު ތަކުގައި އެކްޓް ކުރުމުގެ އިތުރުން އާމިރް ވަނީ 1999 ވަނަ އަހަރު ފިލްމް ޕްރޮޑަކްޝަން ކުންފުންޏެއްވެސް އުފައްދާފައެވެ. މިކުންފުނިން އުފެއްދި ފުރަތަމަ ޕްރޮޖެކްޓަކީ 2001 ވަނަ އަހަރު ނުކުތް ހިންދީ ފިލްމު ލަގާން އެވެ.

އާމިރް ޚާން ދެން ފެނިގެން ދާނީ މިއަހަރު ނެރުމަށް ހަމަޖެހިފައިވާ ހިންދީ ފިލްމު ލާލް ސިންގ ޗައްޑާ އިންނެވެ. މިފިލްމުގައި ލީޑް ރޯލެއް ކުޅުމުގެ އިތުރުން ފިލްމު ޕްރޮޑިއުސް ކުރުމުގައި ކިރަން ރާއޯއާއެކު އާމިރް ޚާން ބައިވެރިވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން