ޒުވާނުންގެ ތެރޭގައި މަގްބޫލުކަން ލިބިފައިވާ މޮބައިލް ގޭމް "ޕަބްޖީ" އިންޑިއާގައި ބޭނުން ކުރުން މަނާކުރުމާއެކު މިގޭމުގެ ނަން ބަދަލުކޮށް ރަސްމީކޮށް ރިލީޒްކޮށްފިއެވެ.

މީގެ ކުރިން އިންޑިއާގައި ހުއްދަދީގެން ބޭނުން ކުރަމުންއައި ޕަބްޖީ ގޭމު މިދިޔަ އަހަރު އިންޑިއާގައި މަނާކޮށްފައިވަނީ، ޕަބްޖީ ގޭމު އުފެއްްދި ކުންފުންޏާ ޗައިނާގެ ކުންފުންޏަކާމެދު ގުޅުމެއްވާތީ ކަމަށްބުނެއެވެ. މިދިޔަ އަހަރު އިންޑިއާގައި ޕަބްޖީ މަނާކޮށްފައިވަނީ އިންޑިއާގެ އިންފޮމޭޝަން ޓެކްނިލޮޖީ ގާނޫނުގެ ދަށުންނެވެ.

ޕަބްޖީ ގޭމް މަނާކުރިނަމަވެސް، މިގޭމްގެ އެޕް، ގަވާއިދާ ހިލާފަށް ޑައުންލޯޑްކޮށް ބޭނުން ކުރަމުންދިޔަ ފަރާތްތައް އެގައުމުގައި މަދެއް ނޫނެވެ. މިއާއެކު ޕަބްޖީ ގޭމުގެ ނަންބަދަލުކޮށް، އިންޑިއާއަށް ހާއްސަކޮށް، "ބެޓްލްގްރައުންޑްސް މޮބައިލް އިންޑިއާ"ގެ ނަމުގައި މިދިޔަ ހުކުރު ދުވަހު އިންޑިއާގައި ރަސްމީކޮށް މިގޭމު ވަނީ ރިލީޒް ކޮށްފައެވެ.



ބެޓްލްގްރައުންޑްސް މޮބައިލް އިންޑިއާ ތައްޔާރުކޮށްފައިވަނީ ހަމަ ޕަބްޖީ ގޭމު އުފައްދާފައިވާ ކްރާފްޓޮން ކުންފުނިންނެވެ. އަދި މިގޭމް ރިލީޒް ކުރުމަށް ހުއްދަދެވިފައިވަނީ ކްރާފްޓޮން ކުންފުންޏާއި ޗައިނާގެ ކުންފުންޏާދެމެދު ކުރިން އޮތް ގުޅުން ކެނޑުމާއިއެކު ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން