ކެމްބޯޑިއާގައި ގަވާއިދާ ހިލާފަށް ސިންގާއެއް ގެންގުޅޭކަން ފަޅާއަރައިފިއެވެ.

އުމުރުން 18 މަހުގެ މިސިންގާ ގެންގުޅެމުންދިއައީ ކެމްބޯޑިއާގެ ވެރިރަށުގައި ދިރިއުޅެމުންދިޔަ ޗައިނާގެ ރައްޔިތެއްކަމަށް ކެމްބޯޑިއާގެ ސަރުކާރުން ހާމަކޮށްފައިވެއެވެ. އަދި މިކަން ފަޅާއަރާފައިވަނީ އެމީހާއާއެކު ދިރިއުޅެމުންދާ ސިންގާގެ އެކި ވީޑިއޯތައް ޓިކްޓޮކުގައި އާންމު ކުރުމާއިއެކުއެވެ.

މިގޮތުން ޓިކްޓޮކުން އާންމުވި ވީޑިއޯތަކާއެކު، ގަވާއިދާ ހިލާފަށް ސިންގާއެއް ގެންގުޅޭކަން ފަޅާއަރައި، މިސިންގާ މިހާރު ވަނީ ކެމްބޯޑިއާ ސަރުކާރުގެ ބެލުމުގެ ދަށުން ޖަނަވާރު ހިމާޔަތްކުރާ ސެންޓަރަކަށް ގެންގޮސްފައެވެ.

މިކަމާގުޅިގެން ކެމްބޯޑިއާގެ ޖަނަވާރުން ހިމާޔަތްކުރާ ޖަމިއްޔާއަކުން ބުނެފައިވަނީ، މިސިންގާގެ ބައެއް ތޫނު ދަތްތަކާއި، ވަކިތައް އުފުރާލައިފައިވާކަމަށެވެ.

އަދި މިފަދަ ވައިލްޑް ލައިފް ޖަނަވާރު ނުގެންގުޅެވޭނެކަމަށް ކެމްބޯޑިއާގެ ތިމާވެއްޓާބެހޭ މިނިސްޓްރީގެ އިސްތަރުޖަމާނު ވިދާޅުވެފައިވެއެވެ. ނަމަވެސް ގަވާއިދާ ހިލާފަށް ސިންގާއެއް ގެންގުޅުނު މައްސަލައިގައި ވަކި ފިޔަވަޅެއް އެޅުމަށް ކެމްބޯޑިއާގެ ސަރުކާރުން އަދި ނިންމާފައެއްނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން