އިސްކޮޅުގައި ބޮަޑު ތަފާތެއް ހުރެގެން އިނގިރޭސިވިލާތުގެ ދެމަފިރިޔަކު ރެކޯޑު ފޮތަށް އަރައިފިއެވެ.

މިފަހަކުން ރިކޯޑު ފޮތަށް އެރި އުމުރުން 33 އަހަރުގެ ޖޭމްސް އަދި އުމުރުން 27 އަހަރުގެ ކްލޯއީގެ އިސްކޮޅުގައި 1 ފޫޓު 10 އިންޗީގެ ތަފާތެއް ހުންނަކަމަށްވެއެވެ. ކްލޯއީގެ އިސްކޮޅުގައި 5 ފޫޓު 4 އިންޗި ހުރިއިރު، ޖޭމްސްގެ އިސްކޮޅުގައި ހުންނަނީ 3 ފޫޓު 7 އިންޗިއެވެ.

މިދެމީހުން ކައިވެނި ކޮށްގެން އުޅޭތާ މިހާރު ފަސް އަހަރުވެފައިވާއިރު، މިދެމީހުންނަ ދަރިއަކުވެސް ވަނީ ލިބިފައެވެ. އަދި މިދެމީހުން ކައިވެނި ކުރިއިރު، ޖޭމްސް ކުރުކަމުން ކުޑަ ހަރުގަނޑެއް ކަހަލަ އެއްޗެއް ބޭނުން ކުރަންޖެހުނެވެ.



އިސްކޮޅުގެ ބޮަޑު ތަފާތަކާހުރެ މިދެމަފިރިން ރެކޯޑު ފޮތަށް އަރާފައިވަނީ މިއަހަރުގެ ޖޫން މަހުއެެވެ.




ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން