އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް
ކަރަންޓީނު މަރުކަޒްތަކަކީ ދަނޑިމާރު އަޅައިގެން ބަލަހައްޓަންޖެހޭ ޖަލެއް ނޫން ކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވެއްޖެއެވެ.

އައްޑޫ ހެރެތެރަ ރިސޯޓުގައި ކަރަންޓީނުކޮށްފައި ތިބި ފަސް މީހަކު އިއްޔެ ފިލާފައިވަނިކޮށް ފުލުހުން ވަނީ އެ މީހުން ހޯދާފައެވެ.

އެކަމާ ގުޅިގެން އޭސީޕީ ފައިރޫޝް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކަރަންޓީން ފެސިލިޓީތަކަކީ ޖަލެއް ނޫން ކަމަށާއި ދަނޑިމާރު އަޅައިގެން މީހުން ބަލަހައްޓާ ތަންތަނެއްވެސް ނޫން ކަމަށެވެ.

"މިތަންތަނަށް ގެންދެވޭ ފަރާތްތަކާއި އަމިއްލައަށް އެތަންތަނުގައި ތިބެން އެއްބަސްވެގެން ދާ ފަރާތްތަކުގެ ޒިންމާއެއްވެސް ވެއެވެ. ފަރުދީ ޒިންމާ އަދާކުރައްވާ،" ފައިރޫޝް ވިދާޅުވި އެވެ.

އޭގެ މާނައަކީ، އެހެން މީހުން ނުރައްކަލުގެ ތެރެއަށް ހުށަހަޅާ ފަރާތްތަކަށް އަޅަންޖެހޭ ފިޔަވަޅު ފުލުހުން ނާޅާނެ ވާހަކައެއްވެސް ނޫން ކަމަށް ފައިރޫޝް ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ޕީޖީ ޝަމީމް ވިދާޅުވީ، "އަޅުގަނޑަށް ފެންނަނީ ގޮޅިއަށް ފެތިދާނެ ޙާލަތެއް އޮތުން ވަރަށް ގާތް ކަމަށެވެ."

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި މީހުން ކަރަންޓީނު ކުރުމުގެ ބާރު ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންވެ އެވެ. އެ ބާރުގެ ދަށުން ކަރަންޓީނު ކުރާ މީހުން އަމުރަށް ނުކިޔަމަންތެރިވެއްޖެ ނަމަ ޖިނާއީ ދައުވާ ކުރާނެ ކަމުގެ އިންޒާރު ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މީގެ ކުރިން ވަނީ ދެއްވައިފަ އެވެ.

ކޯވިޑް-19 ބަލިމަޑުކަމުން ރައްކާތެރިވުމުގެ ގޮތުން ދެ ގިންތިއެއްގެ މީހުން ކަރަންޓީނަށް ގެންދެއެވެ. އެއީ އެ ބަލި ފެތުރޭ ތަނެއްގައި ހުރި މީހަކު ބަލި ނެތް ތަނަކަށް ދިއުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ކަރަންޓީން މުއްދަތެކެވެ. އެ ފަދަ ކަރަންޓީނަކަށް ދާނީ ދެ ފަރާތުން އެއްބަސްވެގެންނެވެ. ހެރެތެރައަށް ގެންދިޔައީ ވެސް އެފަދަ ބަޔެެކެވެ. އެއީ ހަލުވިކަމާއި އެކު ކޯވިޑް-19 ފެތުރެމުންދާ މާލޭގައި ތިބި ބަޔެކެވެ.

ދެން ކަރަންޓީނަށް ގެންދެވޭ ބަޔަކީ، ކޯވިޑް-19 ޖެހިފައިވާ މީހަކާއި ޑައިރެކްޓް ކޮންޓެކްޓެއްވެ އެ ބަލީގެ އަލާމަތްތައް ފެންނަ މީހުންނެވެ. އެ ފަދަ މީހުން ކަރަންޓީނަށް ގެންދިއުމުގައި އެ މީހުން ރުހުން ހޯދަން މަޖުބޫރެއް ނޫނެވެ. އެފަދަ ފަރާތްތަކުން ކަރަންޓީނަށް ދިއުމަށް ދެކޮޅު ހަދާނަމަ ކޯޓު އަމުރެއްގެ ދަށުން އެފަރާތްތައް ކަރަންޓީނަށް މިހާރުވެސް ގެންދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން