ރާއްޖެއަކީ ފަތުރުވެރިންގެ ތެރޭގަިއ މަޤުބޫލު ޤައުމެއް
ރާއްޖެއަކީ ފަތުރުވެރިންގެ ތެރޭގަިއ މަޤުބޫލު ޤައުމެއް
މިހިނގާ ޖޫން މަހުގެ 21 ގެ ނިޔަލަށް ފަސް ލައްކައާ ގާތްކުރާ އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ ކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ޖޫން މަހުގެ ފުރަތަމަ 21 ދުވަހު ޖުމުލަ 38,966 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އެގޮތުން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޖޫން 20 ވަނަ ދުވަހު އައިސްފައިވާއިރު، މިއީ ގިނަ ދުވަސްތަކަކަށް ފަހު 2،500 އަށްވުރެގިނަ ފަތުރުވެރިން އެއްދަވަސް މަތިން ރާއްޖެ އައިސްފައިވާ ފުރަތަމަ ފަހަރެވެ. މީގެ އިތުރުން ޖޫން މަހު އެންމެ މަދުން ފަތުރުވެރިން އައިސްފައި ވަނީ މި މަހުގެ ހަތް ވަނަ ދުވަހުއެވެ. އެއީ، 1،416 ފަތުރުވެރިންނެވެ. އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަނީ 1،856 ފަތުރުވެރިން ކަމުގައިވެސް މި ތަފާސް ހިސާބުތަކުން ދައްކައެވެ.

މިއަހަރުގެ ފުރަތަމަ ފަސް މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދުތަކަށް ބަލާއިރު މާޗް މަސް ފާހަގަކޮށްލެވެނީ އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާ މަހުގެ ގޮތުގައެވެ. އެގޮތުން މާޗް މަހު ވަނީ 109,585 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އަދި ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ އެހެން މަސްމަސްމަހަށް ވުރެ އިތުރުވެ، 3,535 އަށް އަރާފައެވެ. ނަމަވެސް އޭޕްރިލް މަހު ފަތުރުވެރިން އައި އަދަދު މަޑުމަޑުން ދަށަށް ދާން ފަށާފައިވާއިރު އެމަހު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް އައިސްފައިވަނީ 3,040 ފަތުރުވެރިންނެވެ. މެއި މަހު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ރާއްޖެ އައިސްފައިވަނީ 2،084 ފަތުރުވެރިންނެއެވެ. މިއާއެކު، އަހަރުގެ މިހާތަނަށް 493,349 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މިއީ 2020 ވަނަ އަހަރާ އަޅައިބަލާއިރު 28.9 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.

މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައި ގައުމުތަކައް ބަލާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. މި ލިސްޓުގައި ދެން ހިމެނޭ ގައުމުތަކުގެ ތެރޭގައި އިންޑިއާ، ޖަރުމަން، ޔޫކްރެއިން، ކަޒަކިސްތާން، އެމެރިކާ، އިނގިރޭސިވިލާތް، ރޫމޭނިއާ އަދި ފްރާންސްގެ އިތުރުން ޗެކް ރިޕަބްލިކް ހިމެނެއެވެ.

ކޮވިޑް-19ގެ ހަތަރު ވަނަ ރާޅާ އެކު ރާއްޖޭގެ ފަތުރުވެރިކަމަށް އައި ލޮޅުމާއެކު ފަތުރުވެރިން އަންނަ މިންވަރު މަދުވެފައިވީ ނަމަވެސް މިކަމާ ގުޅިގެން އަސަރުކޮށްފައި ވަނީ ލޯސީޒަންގެ އަމާޒަށް ކަމަށާއި އަހަރުގެ ޓާގެޓްތައް އަދިވެސް ހާސިލުވާނެކަމުގެ އުއްމީދާއި ޔަޤީންކަން އެބައޮތްކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން