ޝައިޚް ހުސައިން ޔޫސުފް (ކ) ރައީސް ނަޝީދާއެކު
ޝައިޚް ހުސައިން ޔޫސުފް (ކ) ރައީސް ނަޝީދާއެކު
ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަލްއުސްތާޒާ ހިސާން ހުސައިންގެ ބައްޕަ، ޝައިޚް ހުސައިން ޔޫސުފް އަވަހާރަވެއްޖެ އެވެ.

ޝައިޚް ހުސައިން ޔޫސުފް އަވަހާރަވީ ގިނަ ދުވަސްތަކެއްވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހު މިރޭގެ ވަގުތެއްގައި އިންޑިއާގައެވެ.

މަދީނާއިން ކިޔަވާ ވިދާޅުވި ހުސައިން ޔޫސުފަކީ ހައިކޯޓް އުފެއްދުމަށްފަހު އެ ކޯޓަށް އައްޔަން ކުރެއްވި ފުރަތަމަ ދެ ގާޒީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ހުސައިން ޔޫސުފް ވަނީ ރައީސް އޮފީހުގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފަ އެވެ. އަދި ދަށު ކޯޓްތަކުގައި އެކި ފަހަރުމަތީން ފަނޑިޔާރުކަން ކުރެއްވިއެވެ.

ރައީސް މައުމޫންގެ ދުވަސްވަރު، ކަނޑުބޯޓެއްގައި ރާއްޖެއިން ފުރަތަމަ ހައްޖަށް ފޮނުވި މީހުންގެ އިސް ވެރިއަކަށް ވެސް ހުންނެވީ ހުސައިން ޔޫސުފެވެ.

ޙުސައިން ޔޫސުފް ވަނީ ރައްޔިތުންގެ މަޖިލީހުގެ ބ. އަތޮޅުގެ މެމްބަރުކަން ވެސް ކުރައްވާފައެވެ.

ޝައިހު ހުސައިން ޔޫސުފަކީ، އެމެރިކާއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ އެމްބެސަޑަރު ތިލްމީޒާ ހުސައިންގެ ވެސް ބައްޕައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން