މަސް މާރުކޭޓުގައި މީހަކު މަސް ކަނޑަނީ
މަސް މާރުކޭޓުގައި މީހަކު މަސް ކަނޑަނީ
މަސްވެރިންނަށް މަސްމާރުކޭޓް ބޭނުން ކުރެވޭނެ ގޮތަށް ކަންކަން ރޭވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް އޮފީހުގެ އަންޑާ ސެކެރެޓަރީ މުޙައްމަދު މަބްރޫކް އަޒީޒް މިރޭ ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، މަސްވެރިންނަށް މަސްމާރުކޭޓް ބޭނުން ކުރެވޭނެ ގޮތް ހަމަޖެއްސުމުގެ ކަންކަން މާލެ ސިޓީ ކައުންސިލުން މިހާރު ކުރިއަށް ގެންދާ ކަމަށެވެ.

"ލޮކްޑައުނާއި ގުޅިގެން މަސްމާރުކޭޓް ބޭނުން ނުކުރެވި އެތައް އުނދަގޫތަކެއް ދިމާވެފައިވާތީ، ގޮތްތަކެއް ކަނޑައަޅައި، އިންތިޒާމްތަކެއް ރާވައި، މަސްވެރިންނަށް މަސްމާރުކޭޓް ބޭނުން ކުރެވޭނެ ގޮތަށް ރާވަމުން ސިޓީ ކައުންސިލުން އެބަ ގެންދޭ". މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، މިކަމާއި ގުޅިގެން އިތުރު އުސޫލުތަކެއް އާންމު ކުރައްވާނެ ކަަމަށެވެ. އަދި މިކަމުގެ ބޭނުމަކީ މަސް މާރުކޭޓް މަސްވެރިންނަށް ބޭނުން ކުރެވޭނެ ގޮތް ހެދުމާއި، ގޭގެއާއި ފިހާރަތަކަށް މަސް ޑެލިވަރީ ކުރެވޭނެ އިންތިޒާމްތަކެއް ހަމަޖެއްސުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން