ފޮޓޯ ސްރީލަންކަން އެއަރލައިންސް
ފޮޓޯ ސްރީލަންކަން އެއަރލައިންސް
ރާއްޖޭގައި މިވަގުތު ތިބި ފަތުރުވެރިންނާއި ބިދޭސީ މުވައްޒަފުންނާއި އެހެނިހެން ބިދޭސީން އެމީހުންގެ ޤައުމުތަކަށް ގެންދިއުމަށް ސްރީލަންކަން އެއަރލައިންސްގެ ހާއްސަ ފްލައިޓެއް މި މޭ މަހުގެ 10 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

އެމިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި މިހާރު ތިބި ފަތުރުވެރިންނާއި ބިދޭސީން މުވައްޒަފުން ގެންދިއުމަށް ބާއްވާ ސްރީލަންކަން އެއަރލައިންސް ގެ ފްލައިޓް އޮންނާނީ މިހިގާ މޭމަހުގެ 10ވަނަ ދުވަހު ކަމަށެވެ.

އެގޮތުން ސްރީލަންކަން އެއަރލައިންސްގެ ޔޫ އެލް 102 އިން ދަތުރުކުރާ ފަސިންޖަރުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދިޔުމުގައި އަމަލު ކުރަންވީގޮތް މިނިސްޓްރީގެ ސަރކިއުލާގައި ބަޔާން ކޮށްފައިވާނޭކަމަށް ޓްއަރިޒަމް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ. އަދި މި ފްލައިޓުން ދަތުރުކުރުމަށް ހަމަޖެހިފައިވާ ފަސިންޖަރުން އެ ސަރކިއުލަރ އާއި އެއްގޮތްވާ ގޮތުގެ މަތިން ޓޫރިޒަމް މިނިސްޓްރީއާއި މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް އަދި ޓޫރިސްޓް ޕޮލިސް އާއިގުޅިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދިޔުމުގެ އިންތިޒާމް ހަމަޖެއްސުމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން އެދިފައި ވެއެވެ.

އަދި މިފަދަ ނުރައްކާތެރި ހާލަތެއްގައި ކަމާއިގުޅެ އެންމެހާ އިދާރާތަކުން އަންގާ އެންގުން ތަކަށް ބޯލަނބާ އެގޮތުގެމަތިން އަމަލުކުރުމަށް މިނިސްޓްރީ ނެރެފައިވާ ބަޔާނުގައި އިލްތިމާސް ކޮށްފައިވެއެވެ.

ރާއްޖޭގައި ކޯވިޑް-19 ފެތުރެން ފެށުމާއެކު ރާއްޖޭގެ ވައިގެ ސަރަހައްދު ބަންދުކޮށް އާންމު އުދުހުންތައް ހުއްޓާލުމާއި ގުޅިގެން 500 ވަރަކަށް ފަތުރުވެރިން ރާއްޖޭގައި ތާށިވެފައި އެބަ ތިބި ކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އަލީ ވަހީދު ވަރަށް ފަހުން ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން