އެމްޓީީީީސީސީ ފެރީ ޓަރމިނަލް ޑިސްއިންފެކްޓް ކުރަނީ
އެމްޓީީީީސީސީ ފެރީ ޓަރމިނަލް ޑިސްއިންފެކްޓް ކުރަނީ
ވިލިމާލެ ފެރީ އޮޕަރޭޝަންތަކުގައި ބޭނުންކުރާ ދެ ޓާމިނަލް ޑިސްއިންފެކްޓު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.

ވިލިމާލޭ ފެރީ ޓާމިނަލްގައި މަސައްކަތްކުރާ ދިވެހި މުވައްޒަފަކު މިއަދު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. މިކަމާ ގުޅިގެން މިދިޔަ ހަފްތާއިން ފެށިގެން އޭނާއާއެކު ފެރީ ޓާމިނަލުގައި ލޮކްޑައުންވެގެން ތިބި ހަތް މުވައްޒަފަކު ވަނީ ކަރަންޓީން ފެސިލިޓީއަކަށް ގެންގޮސްފައެވެ.

އެމްޓީސީސީން މިރޭ ކޮށްފައިވާ ޓްވީޓެއްގައި ވަނީ، އެކުންފުނީގެ ފްރަންޓްލައިން މުވައްޒަފަކު ކޯވިޑް-19 އަށް ޕޮޒިޓިވްވުމުން ވިލިމާލެ ފެރީ އޮޕަރޭޝަންގައި ބޭނުންކުރާ ދެ ޓާމިނަލާއި ފެރީތައް ވެސް ޑިސްއިންފެކްޓުކޮށް ސެނިޓައިޒް ކޮށްފައިވާ ކަމަށެވެ.

އަދި އެ ކުންފުނީގެ އަމާޒަކީ ކަރަންޓީނަށް ގެންދިޔަ މުވައްޒަފުންގެ ބަދަލުގައި އިތުރު މުވައްޒަފުން ފްރަންޓްލައިނަށް ނެރެ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ހުއްދައާއެކު މިރޭ ޓާމިނަލްގެ އޮޕަރޭޝަންތައް އަލުން ފެށުން ކަމަށެވެ.

މިއަދު އެކަނިވެސް ރާއްޖެއިން 45 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު ރާއްޖޭގައި ކޯވިޑް-19 އަށް ޕޮޒިޓިވްވި ޖުމްލަ އަދަދު ވަނީ 618 އަށް އަރައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން