އާދަޔާ ހިލާފު ކަމެއް ކުރާހިތުން އިންޑިއާގެ ރައްޔިތަކު 45 އަހަރުވަންދެން އޭނާގެ އެއްއަތް މައްޗަށް އުފުލައިގެން ހުރެފިއެވެ.

އަމަރް ބަހާރަތީ ނަމަކަށް ކިޔުނު މިމީހާއަކީ މީގެ 40 އަހަރު ކުރިން ސާދު މީހަކަށް ނުވަތަ ހިންދުއިނިޒަމް އަދި ޒައިނިޒަމް ޕްރޮމޯޓު ކުރާ ދީންވެރި މީހަކަށް ނުވަތަ މޮންކަކަށް ވުމަށް އަމިއްލަ އާއިލާ އާއި އަނބިދަރިން ދޫކޮށްލި މީހެކެވެ. އޭގެ ކުރިން އޭނާއަކީ އިންޑިއާގެ ބޭންކެއްގައި މަސައްކަތްކުރަމުން އާދައިގެ ދިރިއުޅުމެއް އުޅެމުންދިޔަ މީހެކެވެ.

ނަމަވެސް އާންމުންގެ ތެރެއަށް އަމަރް މަޝްހޫރުވެގެން ދިޔައީ އާދަޔާ ހިލާފު ކަމެއް ކުރާހިތްވި ހިސާބުންނެވެ. މިއާއެކު 1973 ވަނަ އަހަރު އޭނާ ވަނީ މުޅި އުމުރަަށް ތިރިނުކުރުމަށް ކަމަށްބުނެ އޭނާގެ އެއް އަތް މައްޗަށް ނަގާފައެވެ. އޭނާ ބުނާގޮތުންނަމަ، އޭނާ ދައްކައިދޭން ބޭނުމީ އޭނާގެ ކަލާނގެއަށް ހުރުމަތްތެރިކޮށް ހިތާކަމާއި، ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހިނގަމުންދާ އަނިޔާވެރި ހަނގުރާމަ ތަކާއި ދެކޮޅުކަމެެވެ.

އޭނާ ބުނާގޮތުންނަމަ ފުރަތަމަ އަތް އުފުލާލައި ހުރުންވީ ވޭނަކަށެވެ. ނަމަވެސް އަމިއްލަ ނަފްސަށް އޮތް އިތުބާރާއި، އޭނާގެ މަގްސަދު ހާސިލު ކުރުމަށްޓަކައި ކެތްކުރީއެވެ. މިގޮތުން އަތްތިރިނުކޮށް ފުރަތަމަ ދެއަހަރެއްހާ ދުވަސްތެރޭ އަތުގެ ހިއްސު ކެނޑެން ފެށުމާއިއެކު ކުރެވެމުންދިޔަ ވޭނީ ތަދު އިހުސާސްތައްވެސް ކެނޑެން ފެށިކަމަށްވެއެވެ.

އަމަރް ބަހާރަތީ، އޭނާގެ އެއްއަތް ހިއްލައިގެން ހުންނަތާ މިހާރު 45 އަހަރު ވެއްޖެއެވެ. އަދިއަދަށްދާންދެންވެސް ކުޑަވަގުތުކޮޅަކަށްވެސް އޭނާގެ އަތް ތިރި ނުކުރާކަމަށްވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-8

ލިޔާމީހާ

22-Jun-2021

ނުވެސް ނިދާމީހެއްތަ ތީ.ތިކަހަލަ ހަމަނުޖެހޭ ވާހަކަ ތައް ގަބޫލެއް ނުކުރެވޭ!



ޓްރެންޑިން