ރާއްޖޭގެ އެކި ކަންކޮޅު ތަކަށް މާލެއިން މުދާ، އާއްމު ގޮތެއްގައި މިދަނީ ކަނޑު މަގުން ލަކުޑި ބޯޓުފަހަރުގައެވެ. އެބޯޓުތަކުގެ ނާލު ނެގުމުގެ އެކަށޭނެ އުސޫލު ތަކެއް ހަމަޖެހިފައި އޮންނަ ކަމަކަށް ނުބެލެވެއެވެ. އޭރަކު ހުންނަ ކޭޝިއަރު ނުވަތަ އޮޑިވެރިޔާ ހިތަށް އެރިވަރެއް ނާލަށް ނަގާކަން މިހާރަކަށް އައިސް ވަރަށް ފާހަގަ އެބަވެއެވެ. ޚާއްސަކޮށް އާންމު ފަރާތްތަކުން އަރުވާ މުދަލުން ނަގާ ނާލު ވަރަށް ބޮޑެވެ.

މިކަން އެންމެ ބޮޑީ ދެކުނުގެ އަތޮޅުތަކަށް ދަތުރުކުރާ ބޯޓުތަކުންނެވެ. އަދި ވަކިން ޚާއްސަކޮށް އައްޑޫއަށް ދަތުރުކުރާ ބޯޓު ފަހަރުންނެވެ. ދެފަހަރަކު އެއްއަގެއް ނުނަގައެވެ. އަގު ނެގުމުގެ އުސޫލެއްވެސް އަމުދުން ނޯވެއެވެ. އަގުއަހާލާއިރަށް ބައެއް އޮޑިވެރިން މިބުނަނީ "ގެނަސް އަރުވާ، އެހާ ބޮޑެއް ނުވާނެ،" މިހެންނެވެ.


އަރުވާފަހުން އަގު ބުނެލާއިރު މިދަނީ ހަމަ ސިއްސައިގެންނެވެ. ބޭރު ގައުމަކުން އެއްޗެއް ގެންނަވަރަށްވުރެވެސް ބައެއްފަހަރު އަގު އެބަ ބޮޑުވެއެވެ. މިކަމާމެދު ކުރާނެ ވަކިކަމެއް ނޯވެއެވެ. ހިތްހަމަ ނުޖެހި ހުރެވެސް ބިލަށް ޕޭކުރުން ނޫންގޮތެއް ނޯވެއެވެ. ވަރަށް ފަހުން ދެމީހަކަށް ދިމާވި ހާދިސާއެއް ހިއްސާ ކޮށްލާނަމަވެ. އެއްބޯޓަކަށް ދެމީހަކު މިއަރުވަނީ އޮރިޖިނަލް ފޮށީގައި ބަންދުކޮށްފަ ހުރި ދެ މެޝިނެވެ. ބޯޓުން އެކަކަށް ފޮނުވި ބިލްގައި އޮތީ 280 ވަރަކަށް ރުފިޔާއެވެ. އަނެއް މީހާގެ ބިލުގައި އޮތީ 450 ރުފިޔާއެވެ. ދޭތިވެސް އެރުވީ އެކަކެވެ. ނަމަވެސް ދެނަމުގައެވެ. އެކަމަކު އަގުގެ ތަފާތު ހަމަ ވަރަށް ބޮޑެވެ.

ޚާއްސަކޮށް މި ކޮވިޑްގެ ދުވަސްވަރު ފައިސާގެ ތާށިކަން އެހާބޮޑު އިރު ބައެއް އޮޑިވެރިން މިގޮތަށް ކަންތައް ކުރުމަކީ ވަރަށް ދެރަކަމެކެވެ. ސަރުކާރުގެ ކަމާއިބެހޭ މުއައްސަސާތަކުން މިފަދަ ކަންތައްތައް މިހާރު މޮނީޓަރކޮށް ހަރުދަނާ ކުރަން އެބަޖެހެއެވެ. އަދި ބޯޓުތަކަށް އަރުވާ މުދަލުގެ އަގުތައް އެނގޭނެ ގޮތަށް، ރައްޔިތުންނަށް ފެންނަގޮތަށް ބެހެއްޓުން މުހިއްމެވެ. އަގު ނަގާނީ ބަރުމިނަށްތޯ ނުވަތަ އެއްޗެއްގެ ބޮޑުމިނަށް ނުވަތަ ކިއުބިކް މީޓަރަށް ބަލައިގެންތޯ ކަނޑައެޅި ލިޔެ އާންމުކޮށް އެގެންޖެހެއެވެ. މީހަކު އެއްޗެއް ގަންނައިރު ނުވަތަ ޚިދުމަތެއް ލިބިގަންނައިރު އެ ޚިދުމަތެއް ލިބޭ އަގު ނުވަތަ އަގުތައް އެނގުމަކީ ގާނޫނުން ލާޒިމު ކުރާ ކަމެކެވެ. މިދެންނެވި ބޯޓު ފަހަރަކުން އެކަމެއް ނުފެނެއެވެ. އެކަން އެމީހުން ކުރޭތޯ ބަލާނެ ބަޔަކު ނޫޅޭތީ ކަމަށްވެސް ވެދާނެއެވެ.

ފިހާރަ ތަކުގައި ވިއްކަން ހުންނަ މުދަލުގައި ހުންނަން ޖެހޭނީ އަގުޖަހާފައެވެ. އަދި ޚިދުމަތް ފޯރުކޮށްދޭ ގިނަ ތަންތަނުން އަގޮތައް ފެންނަން ވެސް ހުރެއެވެ. ނަމަވެސް މާލެއިން ރަށްރަށަށް މުދާ އުފުލާ ބޯޓުފަހަރު ތަކުގައި މިގޮތަށް ކަންތައް ނުކުރާކަމީ ހިތާމަ ކުރަން ޖެހޭ ކަމަކެވެ. ބޯޓު ފަހަރުންވެސް ގިނައިން ފައިސާ "ފޭރި ގަންނަނީ" އަމިއްލަ ބޭނުމަށް އެއްޗެއް ފޮނުވާ ދެރަ ނިކަމެތި އާދައިގެ މީހާ އަތުންނެވެ. ވިޔަފާރި ވެރިންނަށް މިއޮންނަނީ ވަކި ރޭޓް ތަކެކެވެ. ނަމަވެސް މިއީ އެކަމުގައި އޮންނަންޖެހޭ ގޮތްކަމަށް ގަބޫލެއް ނުކުރެވެއެވެ. ފްރައިޓް ނުވަތަ ނާލުވެސް އޮންނަން ޖެހޭނީ ރައްޔިތުންނަށް އެނގޭގޮތަށް ހާމަކޮށްފައެވެ.

ވިޔަފާރީގެ ގަވާއިދު ބުނާގޮތުން ކޮންމެ އެއްޗެއް ވިއްކިކަމުގައި ވިޔަސް އަދި ޚިދުމަތެއް ދިން ކަމުގައިވީ ނަމަވެސް އަގުތައް ފެންނަ ގޮތަށް ހުންނަން ޖެހެއެވެ. ބޯޓު ތަކުން މުދާ އުފުލަނީވެސް ހަމަ ވިޔަފާރި އުސޫލުންނެވެ. އެހެން ކަމުން މިވިޔަފާރިވެސް އޮންނަން ޖެހޭނީ އުސޫލުތަކުގެ ތެރެއިން ގަވާއިދުންނެވެ. އާންމުންގެ އަތުން ފައިސާ ނަގަންވާނީ ގާނޫނާއި ގަވާޢިދުގެ ތެރެއިންނެވެ. މީހާ ފެލައިލާ، ފޭރިގަންނަ އުސޫލަކުން ނޫނެވެ.

އަދިވެސް އެފަދަ ދެވަނަ ހާދިސާއެއް ހިއްސާ ކޮށްލާނަމެވެ. ވަރަށް ފަހުން ދެމީހަކު އައްޑުއަށް ދެ ސޯފާ ސެޓް (އެއްވައްތަރެއްގެ) ފޮނުވިއެވެ. ދެމީހުން ފޮނުވީ ދެބޯޓެއްގައެވެ. ނަމަވެސް ހަމަ އެއް ރަށަކަށެވެ. އެއްބޯޓުން ނާލަށް ނެގީ 1800 ރުފިޔާއެވެ. އަނެއް ބޯޓުން ހަމަ އޭގެ ސޯފާއަކަށް ނެގީ 1200 ރުފިޔާއެވެ. މިއީ ހަގީގަތުގައިވެސް ވަރަށް ބޮޑު ތަފާތެކެވެ. މިއީ ސާއަތުގެ ބޭނުން ނަހަމަގޮތުގައި ހިފާ ފޭރި ގަތުމެވެ. މިފަދަ ކަންކަން ހުއްޓުވާ ހަމަޔަކަށް އަޅުވަން ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން މިހާރު މަސައްކަތް ކުރުމުގެ ވަގުތު ޖެހިއްޖެއެވެ. އެހެންނޫންނަމަ ހަމަ އޮޑިވެރިން ދާނީ ރައްޔިތުން ފެލަމުންނެވެ.

ރާއްޖޭގެ އެތެރޭގެ ދަތުރު ކުރާ ބޯޓު ތަކުން ނަގާ ނާލު މިހާރު މިވަނީ ބޭރުގައުމަކުން ރާއްޖެއަށް މުދާ ގެންނަން ނަގާ ނާލަށްވުރެންވެސް ބޮޑުވެފައެވެ. ނަމަވެސް ހަމަ އަގުގައި ނާލު ނަގާ ބޯޓު ފަހަރުވެސް ހަމަ އެބަ ދުއްވައެވެ. އެފަރާތްތަކުން ރައްޔިތުން ފެލަމުން ނުދާކަމީ އެފަރާތްތަކަށް ޝުކުރު ޙައްގު ކަމަކެވެ. ހިތާމައަކީ ގިނަފައިސާ އެއްފަހަރާ ފޭރި ގަންނަ އުސޫލުން މަދުން ނަމަވެސް ބައެއް އޮޑިވެރިން މިދަފަ އަމަލު ހިންގާ ކަމެވެ.

ކިޔުންތެރިންގެ ހިޔާލު


1

Saan

21-Jun-2021

Sarukaarun ok dhw rayithumeehaa felaalan Vs rayithumeehaa rayithumeehaa felhumege ehvs maanaeh nay


2

ތުނބުޅިބެ

27-Jun-2021

ގެދޮރު ކުއްޔަށް ދިނުމަކީވެސް ވިޔަފާރިއް އެކަމަކު އަގެއް ނިޖަހާ


4

ތުނބުޅިބެ

27-Jun-2021

ގެދޮރު ކުއްޔަށް ދިނުމަކީވެސް ވިޔަފާރިއް އެކަމަކު އަގެއް ނިޖަހާ


5

ތުނބުޅބެ

27-Jun-2021

ގެދޮރު ކުއްޔަށް ދިނުމަކީވެސް ވިޔަފާރިއް އެކަމަކު އަގެއް ނިޖަހާ


6

ތުނބުޅބެ

27-Jun-2021

ގެދޮރު ކުއްޔަށް ދިނުމަކީވެސް ވިޔަފާރިއް އެކަމަކު އަގެއް ނިޖަހާ


4

އާބަކުރުބެ

27-Jun-2021

އަހަރެން މި ކޮމެންޓް މިކުރަނީ ވަކިއަތަކައް ނުޖެހި ހުރިހާކަމެއްގަ ހަމަހަމަކަން އޮއްނަވާނެކަން ގަބޫލު ކުރާތީ’ އަހަރެން އަހާލަން ބޭނުން މި ރިޕޯޓް ލިއުނު ބޭފުޅާގެ ކައިރާގަ ބޯޓް ފަހަރުން ހިތައް އެރިވަރެއް ނަގާވާހަކަ ދައްކަވާއިރުގަ ކީވެތޯޔެ މާލެގަ ގެދޮރު ބޮޖު އަގުގަ ކުއްޔަށްދޭ ފަރާތްތަކުގެ ވާހަކަ ނުދައްކަނީ އެބޭފުޅުން ކުލިނަގަނީ ހިތަށް އެރިވަރެއް ގެދޮރު ކުއްޔަށް ދިނުމަކީވެސް ވިޔަފާރިއެއް އެހެންވީމަ ގެދޮރު ކުއްޔަށް ދޭވަރުވެސް އިގެން އިނަންވާނެ ޖަހާފަ އެކަމަކު އަގެއްޖަހާފަ އިންނަތަނެއް ނުފެނޭ