އިންޑިއާގައި ބަނގުރާ ގަންނަން ބަޔަކު ބޮޑިވެގެން
އިންޑިއާގައި ބަނގުރާ ގަންނަން ބަޔަކު ބޮޑިވެގެން
އިންޑިއާގައި ކޮރޯނާޓެކްސްގެ ނަމުގައި ބަނގުރަލުން 70 އިންސައްތަ ޓެކްސް ސަރުކާރަށް ނަގަންފަށައިފިއެވެ.

ގަލްފް ނޫހުން ރިޕޯޓުކޮށްފައިވާގޮތުގައި އިންޑިއާ ސަރުކާރުން އިއްޔެ މި ޓެކްސް ނަގަން ފަށާފައިވަނީ 6 ހަފްތާ ވާންދެން އިއުލާނުކޮށްފައި އޮތް ފުރަބަންދަށް ދެމުންދާ ލުއިތަކުގެ ދަށުން ބައެއް ވިޔަފާރިތައް ހުޅުވާލުމާއި ގުޅިގެން ވިޔަފާރިކުރާ ތަންތަނަށް މީހުން އެއްވެ އުޅޭ މިންވަރު މަދުކުރުމަށް ކަމަށް ބުނެއެވެ. އިންޑިއާގެ 36 ސްޓޭޓް އަދި ސަރުކާރުގެ އެތައް މުވައްސަސާއެއްގެ އާމްދަނީގެ ބޮޑުބައެއް ހިއްސާކުރަނީ ބަނގުރަލުން ނަގާ ޓެކްސްގެ މައްޗަށެވެ. އެހެންކަމުން އިޤްތިޞާދު މަޑުޖެހިފައިވާ މި ދަނޑިވަޅުގައި ސަރުކާރަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާން ވަނީ ޖެހިފައެވެ.

މެއި 17 އާއި ހަމައަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ފުރަބަންދުން ގައުމު ހުޅުވާލުމަށްޓަކައި ބައެއް ވިޔަފާރިތައް ހުޅުވުމުގެ ހުއްދަ ސަރުކާރުން ދެމުންދާއިރު، ހޯމަ ދުވަހު ފިހާރަތައް ހުޅުވުމާއެކު، ބަނގުރާ ގަތުމަށް ގިނަ ބަޔަކު ވަނީ ފިހާރަތަކުގެ ކައިރިއަށް ޖަމާވެފައެވެ. ޖަމާވި މީހުން ދުރުކުރަންޖެހުނީ ފުލުހުން ބާރުގެ ބޭނުންކޮށްގެންނެވެ. އަންގާރަ ދުވަހުން ފެށިގެން ކޮރޯނާޓެކްސްގެ ނަމުގައި ބަނގުރަލުން ޓެކްސެއް ނަގާނެކަން ދިއްލީ ސަރުކާރުން ހޯމަދުވަހުގެ ރޭ އިއުލާނުކުރީ މި ސަބަބަށްޓަކާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ދިއްލީގެ ޗީފް މިނިސްޓަރު، އަރްވިންދް ކޭޖްރީވާލް ވިދާޅުވީ ފިހާރަތަކުގެ ކައިރީގައި ހިނގި ކަންތައްތަކަކީ ވަރަށް ދެރަ ކަންކަން ކަަމަށާއި، އިޖުތިމާޢީ ގައިދުރުކަމުގެ ގަވާއިދުތަކަށް ބޯނުލަނބާނަމަ އެ ސަރަހައްދެއް ބަންދުކުރާނެކަމަށެވެ.

އަންދްރަ ޕްރަދޭޝްގައިވެސް ފިހާރަތައް ކައިރިއަށް މީހުން އެއްވެ ތޮއްޖެހުމުން ބަނގުރަލުގެ އަގުތައް ވަނީ މަތިކޮށްފައެވެ.

އިންޑިއާގައި މިހާތަނަށް އެއްދުވަހުގެ ތެރޭގައި އެންމެ ގިނަ މީހުންނަށް ބަލިޖެހުނު ދުވަހަކަށްވީ އަންގާރަ ދުވަހެވެ. އެގޮތުން، 3900 ޕޮޒިޓިވް ކޭސްއާއެކު، އިންޑިއާއިން ބަލިޖެހުނު މީހުންގެ އަދަދު 46،432 އަށް ވަނީ އަރާފައެވެ. ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 1568 އަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން