ދެކުނު އެފްރިކާގެ އަންހެނަކު އެއްމާބަނޑު 10 ކުދިން ވިފައި އާވޯލްޑް ރިކޯޑެެއް ހަދައިފިއެވެ.

މިކަމާ ބެހޭގޮތުން މިތުއްތު ކުދިންގެ ބައްޕަ ބުނެފައިވަނީ، 10 ކުދިން ލިބޭނެ ކަމަށް ތައްޔާރު ނުވާކަމަށެވެ. އޭނާ ބުނާގޮތުންނަމަ، އަންހެނުން ބަލިވެއިނުމުން ކުރި ސްކޭން ތަކުން ދެެއްކީ 8 ކުދިން ކަމުން، ތައްޔާރުވީވެެސް އަށް ކުދިންނަށެވެ. ނަމަވެސް 10 ކުދިން އުފަން ވުމުން އަދި މާ އުފާވިކަމަށް އޭނާ ބުނެފައިވެއެވެ.

ދެކުނު އެފްރިކާގެ މިދެމަފިރިންނަށް ލިބުނު ދިހަ ކުދިންގެ ތެރޭގައި ހިމެނެނީ ހަތް ފިރިހެން ކުދިންނާއި، ތިން އަންހެން ކުދިންނެވެ. މައުލޫމާތު ލިބޭގޮތުގައި، މީގެ ތެރެއިން ފަސް ކުދިން ވިހޭއިރު، އަނެއް ފަސްކުދިން ނަގާފައިވަނީ ސިޒޭރިއަން ހަދައިގެންނެވެ.

މިއީ އެއްމާބަނޑު 10 ކުދިން އުފަންވި ފުރަތަމަ ފަހަރު ކަމަށްވުމުން، ގިނިސް ވޯލްޑް ރިކޯޑުންވެސް ދަނީ މިކަން ތަހުގީގުކުރަމުންނެވެ.

މީގެ ކުރިން އެއްމާބަނޑު ގިނަ ކުދިން ވިހެއުމުން ދުނިޔޭގެ ރިކޯޑު ފޮތަށް އަރާފައިވަނީ 2009 ވަނަ އަހަރު އެއްމާބަނޑު އަށް ކުދިން ވިހެއި އެމެރިކާގެ ރައްޔިތެކެވެ. އޭގެ ފަހުން މިއަހަރު މޮރޮކޯ ގަވެސް އެއްމާބަނޑު 9 ކުދިން ވަނީ އުފަންވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން