އުތުރު ކޮރެއާ- މިހާތަނަށް ކޯވިޑް-19 ނުފެތުރޭ ގައުމެއް
އުތުރު ކޮރެއާ- މިހާތަނަށް ކޯވިޑް-19 ނުފެތުރޭ ގައުމެއް
މުޅި ދުނިޔެއިން މިހާތަނަށް 3.66 މިލިއަން މީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެ، ދުނިޔޭގެ ގިނަ ގައުމުތަކުގައި ކޯވިޑް-19 ގެ ބަލިމަޑުކަން ފެތުރެމުންދާއިރު މި ބަލިޖެހިފައި ހުރި އެއްވެސް މީހަކު ނެތް 11 ގައުމެއް ވާކަން ފާހަގަ ކުރެވިއްޖެއެވެ.

ބަލި ޖެހިފައިވާ އެއްވެސް މީހަކު ނުފެންނަ 11 މިނިވަން ގައުމެއް ދުނިޔޭގައި އޮތްއިރު، މީގެތެރޭގައި ހިމެނެނީ އުތުރު ކޮރެއާ، ތުރުކެމަނިސްތާނު، ސޮލޮމޮން އައިލެންޑްސް، ވެނުއަޓޫ، ކިރިބާޓީ، ދަ ފެޑެރޭޓެޑް ސްޓޭޓްސް އޮފް މައިކްރޯނީސިއާ، ނައުރޫ، ނިއުއޭ، ޕަލައޫ، ސަމޯއާ އަދި ޓޮންގާއެވެ. މިއީ ކަނޑުތަކުގެ މެދުގައި ވަކިން އޮންނަ ޖަޒީރާ ގައުމުތަކެވެ. މީގެއިތުރުންވެސް މިބަލިޖެހިފައިވާ އެއްވެސް މީހަކު ނުފެންނަ އިތުރު 10 ވަރަކަށް ތަން އަދިވެސް އޮންނާނެކަމަށް ގަލްފް ނޫހުގައި ރިޕޯޓުކޮށްފައިވެއެވެ. އެނޫހުން ލަފާ ކުރާ ގޮތުގައި މި ތަންތަނަކީ އިނގިރޭސިވިލާތް، އެމެރިކާ، ފްރާންސް އަދި އޮސްޓްރޭލިއާ ފަދަ ބޮޑެތި ގައުމުތަކުގެ ބާރުގެ ދަށުގައިވާ ތަންތަނެވެ.

ދުނިޔޭގައި އެންމެ އެކަހެރިކޮށް އޮންނަ ނޯތު ކޮރެއާއިން ކޯވިޑް-19ގެ އެއްވެސް ކޭސްއެއް މިހާތަނަށް ރިޕޯޓުކޮށްފައި ނުވިނަމަވެސް އެގައުމުން ވަނީ ވައިރަސް ފެތުރުނަ ނުދިނުމަށްޓަކައި ވަރަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. ހަމައެއާއެކު، ތުރުކެމަނިސްތާނަކީވެސް ވަރަށް ބޮޑަށް ވަކިވެ އެކަހެރިކޮށް އޮންނަ ގިނަ މީހުން ދަތުރު ނުކުރާ ގައުމަކަށްވާތީ އެގައުމުން ކޯވިޑް-19 ފެނިފައި ނުވުމަކީ މާބޮޑު ހައިރާންކަމެއް ލިބިފައިވާ ކަމެއް ނޫނެވެ.

ދެން ބަލި ފެނިފައި ނުވާ ޖަޒީރާ ގައުމުތައް ކަމަށްވާ ސޮލޮމޮން އައިލެންޑްސް، ވެނުއަޓޫ، ކިރިބާޓީ، ދަ ފެޑެރޭޓެޑް ސްޓޭޓްސް އޮފް މައިކްރޯނީސިއާ، ނައުރޫ، ނިއުއޭ، ޕަލައޫ، ސަމޯއާ އަދި ޓޮންގާ އަށް ފަތުރުވެރިން ދަތުރު ކުރުމަކީ ވަރަށް އަގުބޮޑު ކަމެއްކަމުން މިއީވެސް ގިނަ ބަޔަކު ދަތުރުކޮށް އުޅޭ ތަންތަނެއް ނޫނެވެ.

ދުނިޔެއިން މިހާތަނަށް ވައިރަސް ޖެހިގެން 252،682 މީހުންވަނީ މަރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


17

އިއްސެ

06-May-2020

ރާއެްޖެ އިންޑިޔާ އަށް ވިއްކާލާފަ ކޮރެއާ އަށް ދާންވީ


15

ހަސަން

06-May-2020

އަވަހަށް މިއިން ގައުމަކަށް ދާންވީ މުޅިންސޭފްއައިލެންޑްތަކެއް



ޓްރެންޑިން