ބޮލީވުޑްގެ މަޝްހޫރު ޑިރެކްޓަރ ކަރަން ޖޯހަރުގެ ކުރިއަށް އޮތް ހިންދީ ފިލްމު، "ޕްރޭމް ކަހާނީ" ގެ ލީޑު ރޯލަށް އާލިއާ ބަޓް އަދި ރަންވީރު ސިންގ ހަމަޖައްސައިފިކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

ޕްރޭމް ކަހާނީއަކީ ތަފާތު ދެ ކެރެކްޓަރއެއްގެ މެދުގައި ވެވޭ ލޯތްބެއްގެ ކުލަތައް ދައްކުވައިދޭނެ ފިލްމެއްކަމަށްވެއެވެ.

ލޯބީގެ ކޮމެޑީ ފިލްމެއްގެ ގޮތުގައި ތައާރަފުވާނެ މިފިލްމުގެ ޝޫޓިންގް ފެށުމަށް ކަރަން ޖޯހަރުގެ ޓީމުން މިހާރު ދަނީ ތައްޔާރު ވަމުންނެވެ. މިގޮތުން ފިލްމުގެ ސްކްރިޕްޓާއި ޑައިލޮގްތައް ނިމި، ޝޫޓިން ކުރިއަށްދާނެ ސެޓުތައް ޑިޒައިން ކުރުމާއި ފިލްމަށް ބޭނުން ވާނޭ މިއުޒިކާއި ލަވަތައް ތައްޔާރަމުންދާކަމަށް ރިޕޯޓްކޮށްފައި ވެއެވެ. އަދި ފިލްމު ޝޫޓިންގ ފެށުމުގެ ކުރިން، ފިލްމު ކްރޫގެ ހުރިހާ މެމްބަރުން ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ޖެހުމަށް ހަމަޖެހިފައިވާކަމަށްވެސް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

ނަމަވެސް މިފިލްމުގެ އަމަލީ މަސައްކަތް ފެށޭނެ ރަސްމީ ތާރީހެއް އަދި ކަރަން ޖޯހަރުގެ ޓީމުން އިއުލާންކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން