އެފްރިކާ ބައްރުގެ ގައުމެއްކަމަށްވާ ޒިމްބާބްވޭއަށް ނިސްބަތްވާ މިޝެކް ނިޔަންޑޯރޯ ވަނީ އޭނާގެ 16 އަނބިންނާއެކު 151 ދަރިން ހޯދާފައެވެ.

މިޝެކް ބުނާގޮތުންނަމަ، އަދިވެސް އޭނާ މަސައްކަތްކުރަނީ އަނބިން ހިތްހަމަޖައްސައިދީ، ހިތްއުފާކޮށްދިނުމުގައެވެ. އަދި 16 އަނބިން ލިބި، 151 ދަރިން ލިބުނު އިރުވެސް، އަދިވެސް އިތުރު ދަރިންނާއި އަނބިން ހޯދުމުގެ ވިސްނުން ގެންގުޅޭކަމަށް އޭނާ ބުނެފައިވެއެވެ.

"މިއީ 1983 އަހަރެން ފެށި ޕްރޮޖެކްޓެއް. އަހަރެން މީހުންނާ އިނުމާއި ދަރިން ހޯދުން ހުއްޓޭނީ އަހަރެން މަރުވީމަ." މިޝެކް ބުނެފައިވެއެވެ.

އަދި މިހާރު 17 ވަނަ މީހަކާ ކައިވެނި ކުރުމަށް މަސައްކަތްކުރަމުންދާކަމަށްވެސް އޭނާ ބުނެފައިވެއެވެ.

މިޝެކްގެ 151 ދަރިންގެ ތެރެއިން 50 ކުދިން އަދި ސްކޫލްގައި ކިޔަވަނީއެވެ. ދެން ތިބި ކުދިންގެ ތެރެއިން، ހަ ކުދިން އަސްކަރިއްޔާގައި މަސައްކަތްކުރާއިރު، ދެ ކުއްޖަކު މަސައްކަތްކުރަނީ ފުލުހުންގެ ވަޒީފާގައެވެ. އަދި އިތުރު 11 ދަރިން އެކި ވަޒީފާތަކުގައި މަސައްކަތްކުރާކަމަށްވެއެވެ. މީގެ އިތުރުން 13 އަންހެން ދަރިއަކު މީހުންނާ އިނދެގެން އެމީހުންގެ ފިރިން ގާތަށް ގޮސްފައިވާކަމަށްވެއެވެ. އަދި މިހާރުވެސް އޭނާގެ ދެއަނބިން އިނީ ބަލިވެއެވެ.

މިޝެކް ބުނާގޮތުންނަމަ އޭނާ އެންމެ އުފާވަނީ ދަރިންނާއި، ދަނބިދަރިން އޭނާއަށް ގެނެސްދޭ ހަދިޔާތަކުންނެވެ.

އަދި އޭނާގެ އަނބިން ހިތްހަމަޖައްސައި ދިނުމުގެ ގޮތުން ގަޑިބަހައިގެން ރެއަކު ހަތަރު އަނބިން ކައިރީގައި ރޭކުރާކަމަށް މިޝެކް ބުނެފައިވެއެވެ. މިއީ އޭނާގެ ވަޒީފާ ކަމަށާއި، އެމީހުން އުފާކޮށްފައި ބެއިތިއްބުމަކީ އޭނާގެ ވާޖިބެއްކަމަށް އޭނާ ދެކެއެވެ.

އިތުރު އަނބިންނާއި ދަރިން ހޯދުމަށް އަދިވެސް މަސައްކަތްކުރަމުންދާ މިޝެކް ބުނަނީ އުއްމީދަކީ 100 އަނބިންނާއި 1000 ދަރިން ހަމަކުރުންކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ސަދަންގޫރު

04-Jun-2021

ޢެމީހާއައް ނިދާނެ ވަގުތެއް ލިބޭބާ.


5

ރިޔާޒުބެ

03-Jun-2021

ތާލިޔާ އަހަރެމެން ވެސް މިއުޅެނީ ދުނިޔެއެއްގަ ދޯ .؟


0

ރިޔާޒުބެ

03-Jun-2021

ތާލިޔާ އަހަރެމެން ވެސް މިއުޅެނީ ދުނިޔެއެއްގަ ދޯ .؟


16

ރިޔާޒުބެ

03-Jun-2021

ތާލިޔާ އަހަރެމެން ވެސް މިއުޅެނީ ދުނިޔެއެއްގަ ދޯ .؟


-1

ރިޔާޒުބެ

03-Jun-2021

ތާލިޔާ އަހަރެމެން ވެސް މިއުޅެނީ ދުނިޔެއެއްގަ ދޯ .؟


9

ދެރަ

03-Jun-2021

މިކަހަލަ ހަބަރު ނުގެނެއުން ރަގަޅުވާނީ.



ޓްރެންޑިން