ދައުލަތުގެ ވެރިންގެ މުސާރަތައް މި އަހަރުގެ ނިޔަލަށް "ކޮށާލަން" ޖެހޭކަމަށް ޓެންޑަރ ބޯޑުގެ ޗެއަރމަން އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.



ރާއްޖޭގެ މާލީ ދާއިރާގައި ގިނަ ދުވަސްތަކެއްގައި ހިދުމަތްކުރައްވާފައިވާ، އަދި ޓެންޑަރ ބޯޑުގެ މިހާރުގެ ޗެއަރމަން ޒަރިޔަންދު ވިދާޅުވީ ފުރަބަންދާއެކު އިގްތިސާދީގޮތުން ގެއްލުންތަކެއް ކުރިމަތިވާނޭކަމަށެވެ. އެހެންކަމުން ބަހަނާ ނުދައްކާ 20،000ރ އަށްވުރެ މަތީ މުސާރަލިބޭ ދައުލަތުގެ ވެރިންގެ މުސާރަތައް މި އަހަރުގެ ނިޔަލަށް "ކޮށާލަން" ޖެހޭކަމަށް ޒަރިޔަންދު ވިދާޅުވިއެވެ.

ޒަރިޔަންދު ވިދާޅުވީ ބޭރުގެ އެމްބަސީތަކުގައި ބޭރުފައިސާއިން އެލަވަންސް ލިބޭ މީހުން މަދުކުރުމަށް އެމީހުން ރާއްޖެ ގެންނަންޖެހޭކަމަށެވެ. އަދި އޮފީސްތަކުގެ ޚަރަދުތައް ކުޑަކުރަންޖެހޭކަމަށްވެސް ޒަރިޔަންދު ވިދާޅުވިއެވެ.



ދައުލަތުގެ ވެރިންގެ މުސާރަތައް މި އަހަރުގެ ނިޔަލަށް "ކޮށާލަން" ޖެހޭކަަމަށް ޒަރިޔަންދު ވިދާޅުވިއިރު، ކޯވިޑާއި ގުޅިގެން މާލެ ސަރައްހަދު ލޮކްޑައުންކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ސަރުކާރުގެ އޮފީސްތައް ވެސް ވަނީ ނުހުޅުވާގޮތަށް ނިންމާފައެވެ.

ނަމަވެސް ދައުލަތުގެ ބޮޑެތި މުސާރަތައް ލިބޭ މީހުންގެ މުސާރައަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ. މިކަމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު