ފީރޯޒް ކަރަމުތު އޭނާގެ ތިން އަނބިންނާއި ދަރިންނާއެކު ނަގާފައިވާ ފޮޓޯއެއް
ފީރޯޒް ކަރަމުތު އޭނާގެ ތިން އަނބިންނާއި ދަރިންނާއެކު ނަގާފައިވާ ފޮޓޯއެއް
ދެ އަނތްބި ނޫނީ ތިން އަނބި އެއްފަހަރާ ގެންގުޅުމަކީ ދިވެހިރާއްޖޭގައި ވެސް އަދި ދުނިޔޭގައި ވެސް އާކަމެއް ނޫނެވެ. އެއީ އާ ވާހަކައެއްވެސް ނޫނެވެ. އެކަމަކު ދެ އަނބި ނުވަތަ ތިން އަނބި އެއް ގެއެއްގައި އެކުގައި އުޅޭ ވާހަކައަކީ ވަރަށް އާ ވާހަކައެކެވެ. ގަބޫލުކުރަން އުނދަގޫ ވާހަކައެވެ. އާންމު ގޮތެއްގައި ދެ އަނބި ނުވަތަ ތިން އަނބި ގެންގުޅުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. އަދި އަމްދުން ދޭއް ނުވަތަ ތިން އަނބިން އެއް ގެއެއްގައި އެކުގައި ކައްކައި ކައިބޮއި އުޅެއޭ ބުނުމުން ކުޑަކޮށް ގަނޑުވާ ގޮތްވެ ހައިރާން ކަމެއް އަންނަނީ އެއީ އާންމު ކަމަކަށް ނުވާތީއެވެ. މަދުން ނޫނީ ނުފެންނަ ކަމަކަށް ވާތީއެވެ. އެކަމަކު މިފަހަރު މިއުޅެނީ ތިން އަނބިން އެކުގައި އެއްގެއެއްގައި ގެންގުޅޭ ފިރިއެއްގެ ވާހަކަ ހިއްސާކޮށްލާށެވެ.

ތިން އަނބިން އެއް ގޭގައި އުޅޭއިރު ވަރަށް ބޮޑެތި އަރާރުންތަކާއި ހަމަނުޖެހުންތައް ހިނގާނެ ކަމަށް ގިނަ ބަޔަކަށް ހީވެފައި އޮތުމަކީ މައްސަލައެއް ނޫނެވެ. އެއީ ދުނިޔޭގައި އާންމުކޮށް ކަންހިނގާ އުސޫލެވެ. ތިން ހަތަރު އަނބިން ގޮވައިގެން އެއްގެއެއްގައި ކެއްކޮށްލެވެނީ ވަރަށް މަދު ފިރިހެނަކަށެވެ. އެއްގެއެއްގައި ތިން އަނބިންނާއެކު އުފާވެރި ދިރިއުޅުމެއް އުޅުމުގެ ނަސީބު ލިބިފައިވާ މީހަކީ ދިރިއުޅުމުގައި ވަރަށްވެސް ކާމިޔާބު މީހަކަށް ނޫނީ ނުވާނެއެެވެ.

އެކަމަކު މިފަހަރު މިދިމާވީ އެފަދަ ކާމިޔާބު ނޫނީ ނަސީބުވެރި ފިރިހެނަކާއެވެ. މޮރިޝަޝްގެ މުސްލިމު އާއިލާ އަަކަށް ނިސްބަތްވާ ފީރޯޒް ކަރުމުތަކީ އެފަދަ ކާމިޔާބު ނަސީބު ގަދަ ފިރިހެނެކެވެ. ފީރޯޒްގެ އަނބިންނަކީ މުޅިން ތަފާތު ބަޔެކެވެ.



ފޯރޯޒް (ވ. 2) އޭނާގެ ތިން ފިރިހެން ދަރިންނާއެކު

ފީރޯޒް ތިން އަނބިންނާއެކު އެއްގެއެއްގައި އުޅެމުންދަނީ ވަރަށްވެސް ހަމަޖެހޭ އުފާވެރި ދިރިއުޅުމެކެވެ. ތިން އަނބިންގެ ފަރާތުން ވެސް ފެންނަނީ އެކުވެރިކަމާއި އެެއްބައިވަންތަކަމެވެ. އެކަކު އަނެކަކާއި ގުޅިގެން ދިރިއުޅުމުގެ ހުރިހާ ކަމެެއް ހިއްސާކުރާ އުފާވެރި މަންޒަރެވެ. ފިރިމީހާގެ ކަންތައްތަކަކީ ހުރިހާ އަނބިންގެ މަސްއޫލިއްޔަތެއް ކަމަށް ދެކި ހުރިހާ ކަމެއްގައި އެއްވަރަށް ތިން އަނބިން ހިއްސާވެއެވެ.



ފީރޯޒްގެ އެންމެ ދޮށީ އަނބި ނާޒިއާ

މިކަން އެންމެ ބޮޑަށް ފާހަގަވީ ޝޯޝަލް މީޑިޔާގެ މަޝްހޫރު ޕްލެޓްފޯމް، ޓިކް ޓޮކުންނެވެ. ފީރޯޒްގެ ޓިކްޓޮކަށް އެކަނި ބަލާލި ނަމަވެސް އެކަން ކަށަވަރުވެ ޔަގީންވެގެންދާނެއެެވެ. ތިން އަނބިންނާއެކު ކަރަމުތު ނަގާފައިވާ އެ ވީޑިއޯތައް ވައިރަލްވެ ގިނަ ބަޔެއްގެ މަގުބޫލްކަން އެ ވީޑިއޯ ތަކަށް ވަނީ ލިބިގެން ގޮސްފައެވެ. ފީރޯޒް ކަރަމުތުގެ ތިން އަނބިންގެ ތެރެއިން ފުރަތަމަ އަންބަކީ ނާޒިޔާ އެވެ. ނާޒިޔާއަށް ފީރޯޒް އަށް 3 ކުދިން ލިބިފައިވާއިރު، އޭގެތެރެއިން ދޮއްޓަށް ހުރި ޒަފަރު މިހާރު އުޅެނީ ޒަވާޖީ ހަޔާތެއް ވެސް ފަށައިގެންނެވެ. ނާޒިޔާގެ ދެ ކުދިންނަކީ އެއް މާބަނޑު ދެބެއިންނެވެ. އެއީ ޒަހީރާއި ޒަކީރެވެ. މިހުރިހާ ކުދިންވެސް އުޅެނީ ވަރަށް ހަމަޖެހޭ އުފާވެރި ދިރިއުޅުމެއްގައި ކަން ފީރޯޒް ޓިކްޓޮކަށް ދޫކޮށްލާފައިވާ ވީޑިއޯ ތަކުން ހާމަވެއެެވެ. ފީރޯޒް ކަރަމުތުގެ ދެވަނަ އަންބަށް ކިޔަނީ ރީމާއެެވެ. ފީރޯޒާއި ރީމާގެ ކައިވެންޏަށް ވެސް ކުއްޖަކު ލިބިފައި ވެއެވެ. ފީރޯޒްގެ އަނބިންގެ ތެރެއިން މިހާތަނަށް ކުއްޖަކު ނުލިބެނީ ނީލަމަށެވެ.



ފީރޯޒް އޭނާގެ އެންމެ ހަގު އަނބި ނީލަމާއެކު



ފީރޯޒް ޓިކްޓޮކުން މޮރިޝަޝް ބަހުން ވާހަކަ ދައްކާ އާންމުކޮށްފައިވާ ވީޑިއޯތަކުން ފެންނަގޮތުން ތިން އަނބިންވެސް ގޭތެރޭގެ މަސައްކަތާއި ބަދިގޭގެ މަސައްކަތް ކުރުމުގައި ވަރަށް ބޮޑަށް އެކަކު އަނެކަކަށް އެހީތެރިވެދެއެވެ. ފީރޯޒްގެ ތިން އަނބިންނާއި މެދު ވެސް އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅެއެެވެ. ހުރިހާ އަނބިންނަށް ވެސް އެއްވަރަށް ލޯތްބާ އަޅާލުމާއި އޯގާތެރިކަން ދެމުންގެންދާކަން ވީޑިއޯތަކުން ހާމަވެއެެވެ. ފިހާރައަށް ނުވަތަ ބޭރަށް ހިތްހަމަޖައްސާލަން ތަނަކަށް ދިޔަޔަސް ދަނީ ތިން އަނބިންވެސް ގޮވައިގެންނެވެ.



ފީރޯޒްގެ ދެވަނަ އަނބި، ރީމާ، އެދެމީހުންގެ ދަރިފުޅާއެކު

މޮރިޝަޝްގައި ދިރިއުޅޭ މި އުފާވެރި އާއިލާ ނިސްބަތްވަނީ މޮރިޝަޝްގެ މުސްލިމު އާއިލާ އަކަށެވެ. ފީރޯޒްގެ އާއިލާއިން އެހެން މުސްލިމުން ފަދައިން ރޯދަ ހިފައި އީދު ފާހަގަކޮށްވެސް ހަދައެެވެ. ކޮންމެއަކަސް މި އާއިލާ އަކީ ލާމަސީލު ނަމޫނާ އާއިލާއެކެވެ. ތިން އަނބިންނާއެކު އެއް ގެއެއްގައި މައްސަލަ ނުޖެހި އަރާރުން ނުވެ، ތަޅާ ނުފޮޅާ، ދެކޮޅުވެރި ނުވެ، އެންމެން ގުޅިގެން ދިރިއުޅެވިދާނެކަން އަންގައިދޭ ދިރިހުރި މިސާލެކެވެ.


ކިޔުންތެރިންގެ ހިޔާލު


6

ޢައިޝާ

27-May-2021

ފިރިހެނާގެ ވައްތަރުން ގިނަ އަނބިން ނުގެންގުޅެވެނީ. ހަމަ ކަމާ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއިންސާފު ނެތެނީ.. ތި ފީރޯޒް ވެސް ރަނގަޅުވީމަ ތިހެންވާނި


16

ހަސަން

27-May-2021

އަޅުގަޑަކީ އެންމެ އާދައިގެ ފިރިހެނެއް ދޭތެރެއަކުން ދައުލަތުން ޓެއަރިޒަމްގެ ދައުވާކޮށް މުދަލާ ފައިސާކޮޅުވެސް ލޫޓުވާލާނެ އަޅުގަޑުގެވެސް ދެއަބިން ތިބޭ އަޅުގަނޑު ހައްޔަރުކޮށްފަ ތިންއަހަރު ޖަލުގަބެހެއްޓީމަވެސް ﷲތާލާ އެ 2 އަބިންނާ 7ދަރިންނައް ރިޒުގުދެއްވި އަދި އަރެން ޖަލުން ދޫކޮއްލިތާ މާގިނަދުވަހެއްނުވެ ކުރިޔައްވުރެ ތަނަވަސްކަން ދެއްވާ ފިރިހެން 2ދަރިންދެއްވި ދައުލަތުން އަޖަރެން ފަހާ ދުވާތާ 7އަހަރުވެއްޖެ އަދިވެސް ދައުވާ ކުރަނީ ކޮންމެކޯޓެއްގަވެސް ނާކާމިޔާބުވަނީ ދައުލަތައް ބުނަންމިއުޅެނީ ﷲތާލާއައް ކިޔަމަންގަތް އަޅަކު 4އަބިން ހޯދަންވެސް ފަސްނުޖެހޭށޭ ރިޒުގުދެއްވަވާނީ ﷲއެވެ


-2

ސީދަލަށް

28-May-2021

މީހުނާ އިނުމަކީ ޙަލާލުދަރިން ހޯދުމާއި ބޮޑުކުރުމުގެ ޒިންމާއެއް، އެހެންމީހުންނަށް އެހީވާންބޭނުންނަމަ ސަދަގާތްކުރެވޭނެ، އަޅާލަން ބޭނުންނަމަ އިންނާނެ މީހަކުހޯދާދެވިދާނެ، ހަމަ އެނދުމަތިން ނުނިމޭގޮތަކަށް އަންހެނަކަށް އެހީވެވޭނެގޮތް ނެތީބާ؟


16

ކަމަކު ނުދޭ

24-May-2021

މިކަހަލަ ވާހަކަ ލިޔެ ޕްރޮމޯޓް ކުރުމަކީ އަންހެނުނަށް އިހްތިރާމް ނުކުރުން. ޢަންހެނުންނަށްވެސް ތިން އަންބަށް މީހުންނާ އިދެވޭނަމަ ތިޔެއް އިގޭނީ ފިރިހެނުންނަށް އެކަން ކަމުދާވަރު.


4

ޙަސަނަ

23-May-2021

މޮރިޝަޝް ގަ ވާހަކަދައްކަނީ ފްރެންޗް ބަހުން ގަމާރާ


21

ާަސިން

23-May-2021

ފީރޯޒް އެންމެ ދޮށީ އަނބި ގެ ހުންނާނެ 3 ކުދިން ދޮށި 1 އެއްކުޖެ ދެންހުންނާނީ އެއްމާ ބަނޑު ދެ ކުދިން ށުކުރިއްޔަ


8

އަނބީން

23-May-2021

ދުނިޔޭގަ އުޅުނު 100 އަނބިންނާއި އެއްފަހަރާ އިނދެގެން އުޅުނު މީހަކުވެސް. އެހެންވީމާ މައުލޫމާތު ލިބިފައި ނެތެވެ.


5

ރަނގަޅު މަޢުލޫމާތު ހޯދާ

23-May-2021

ފީރޯޒު އާއި ރީމާއަށް ދަރިޔަކު ލިބުނީ ކައިވެނީގެ ބޭރުން. އެދެމީހުން ކައިވެނި ކުރީ ރީމާ ވިހާގަދަވިފަހުން އާއިލާގެ ރުހުން ލިބިގެނ.... އާއިލާގެ މައި ތަނބަކީ ނާޒިޔާ, ނާޒިޔާގެ ކެއްތެރިކަމާއި ހިތްތިރިކަން ހުރިހާވެސް ކަމަކީ...


4

ޢިއްޒަ

23-May-2021

ދިވެހިން ތިން އަނބީން ހޯދަން މިއުޅެނީ އަނގަޔާ އަތާ ދިމާނުވިޔަސް ހެޔޮ...ނިކަން ފީރޯޒު ހެން އުޅެބަލަ ... ތިން އަނބީން ވެސް ވަޒީފާ އަކަށް ނުފޮނުވާ އަދި ތިން މީހުންނާވެސް އެހާ ލޯބިން އެ އުޅެނީ...ދިވެހި ފިރިހެނުންނަކަށް ނޭނގޭނެ އެއްވަރަކަށް ލޯބި ދީ އަޅާލާކަށް .... ދެއަނބީން ހަމަ ވެއްޖިއްޔާ ހަނގު އަނބި ކައިރީ އަޅާފަ..މަސް ދެމަސް ވާއިރު ދޮށީ އަނބި ލޮލަށް ނުދެކި...


10

ހހސނނ

23-May-2021

ނާޒިއާ ގެ ހުރިހާ ދަރިންނަކީވެސް އޭނަގެ ދަރިން. އޭނަ ނާޒިއާ އިނީ ނާޒިއާ އަށް 13 އަހަރުގައި, އޭނަ އަށް 18 އަހަރުގައި.



ޓްރެންޑިން