މިސްޔުނިވަރސް 2021 - އެންޑްރިއަރ މޭޒާ.
މިސްޔުނިވަރސް 2021 - އެންޑްރިއަރ މޭޒާ.
ދުނިޔޭގެ ގައުމުތަކުގެ ފެންވަރުގައި ބާއްވާ ރީތީގެ ރާނީން ބައިވެރިކޮށްގެން ހޮވާ މިސް ޔުނިވާސް 2021 މިއަދު ހޮވައިފިއެވެ.

ރާއްޖެގަޑިން މިއަދު ހެނދުނުގެ ވަގުތެެއްގައި އިއުލާންކުރި މިސްޔުނިވަރސް 2021 ގެ މަގާމަށް ހޮވިފައިވަނީ މެކްސިކޯގެ އެންޑްރިއަރ މޭޒާ އެވެ. އުމުރުން 26 އަހަރުގެ މެކްސިކޯގެ މޮޑެލް، އެންޑްެރިއަރ މޭޒާ މިސް ޔުނިވަރސް މުބާރާތް ކާމިޔާބުކޮށްފައިވަނީ 70 ގައުމުގެ ރީތީގެ ރާނީންނާއި ވާދަކޮށްގެންނެވެ. މިއީ މެކްސިކޯގެ އަންހެނަކު މިމުބާރާތް ކާމިޔާބުކުރި ތިންވަނަ ފަހަރެވެ.

މިމުބާރާތުގައި އެންމެ ފާހަގަވެގެންދިޔައީ މިޔަންމާގެ ފަރާތުން ވާދަކުރި ރީތީގެ ރާނީ، މިސް ޔުނިވަރސްގެ ސްޓޭޖް މަތީގައި މިޔަންމާގައި ކުރިއަށްދާ އަނިޔާވެރިކަމާދެކޮޅަށް އަޑުއުފުލުމެވެ. މިޔަންމާގެ ފަރާތުން މިސް ޔުނިވަރސް މުބާރާތުގައި ވާދަކުރި ތުޒަރ ވިންޓް ވިން ވަނީ ފެބްރުއަރީ އެއްވަނަ ދުވަހު އެގައުމުގައި ހިންގި ބަޣާވާތާއިގުޅިގެން ކުރެެވެމުންދާ ސުލްޙަވެރި އެއްވުންތައް ހުއްޓުވުމަށް ސިފައިން ނުކުމެ އަނިޔާވެރިކަމާއެކު ސުލްޙަވެރި އެއްވުންތައް ރޫޅާލައި އެތައް ބަޔަކު މަރައި ޒަޚަމް ކުރަމުން ގެންދިއުން ހުއްޓުވުމަށް ގޮވާލުމަށް އެދިފައެވެ. އަދި މިކަން މުޅި ދުނިޔޭގެ ސަމާލުކަމަށް ގެނެސްދިނުމަށްވެސް ގޮވާލާފައިވެއެވެ.



ކޮވިޑާގުޅިގެން މިދިޔަ އަހަރުގެ މިސްޔުނިވަރސް މުބާރާތް ކެންސަލް ކުރެވިފައިވާއިރު، މިއަހަރުގެ މިސްޔުނިވަރސް މުބާރާތް ބާއްވާފައިވަނީ އެމެރިކާގެ ފްލޮރިޑާގެ ހާޑްރޮކް ހޮޓަލުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން