2022 ވަނަ އަހަރު ޤަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް މެޗްތައް ކުޅުމަށް ހާއްސަކޮށް ޤަތަރުގައި އަޅަމުންދާ ފުޓްބޯޅަ ސްޓޭޑިއަމް މިއަހަރުގެ ފަހުކޮޅަށް ނިންމާލެވޭނެ ކަމަށް އެގައުމުން ހާމަކޮށްފިއެވެ.

މީޑިއާތަކުން ހާމަކުރާ ގޮތުގައި މިހާރުވަނީ ދަގަނޑާއި ކޮންކްރީޓުގެ މަސައްކަތްތައް ނިންމައި ސްޓޭޑިއަމްގެ ބޮޑުބައެއް ނިމިފައި ކަމަށެވެ.

މި ސްޓޭޑިއަމަކީ 80،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމެކެވެ. މިއާއިއެކު މި ސްޓޭޑިއަމް ވެގެންދާނީ ވޯލްޑް ކަޕް މެޗްތައް ކުޅެވޭނެ އެންމެބޮޑު އެއްސްޓޭޑިއަމަށެވެ.

މީގެއިތުރުން، އެގައުމުގެ 08 ސަރަހައްދެއްގައި ވޯލްޑް ކަޕް މެޗްތައް ކުޅުމަށް ހަމަޖެހިފައިވާއިރު، ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ޤަތަރުގެ އާ ސްޓޭޑިއަމްގައެވެ. ފައިނަލް މެޗުތަކުގެ އިތުރުން ގްރޫޕް ސްޓޭޖްގައި ކުޅެވޭ އެކި މެޗްތައްވެސް ޤަތަރުގެ އާ ސްޓޭޑިއަމްގައި ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

ވޯލްޑް ކަޕް މެޗްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 2022 ވަނަ އަހަރުގެ ނޮވެމްބަރ އަދި ޑިސެމްބަރ މަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން