ޗައިނާއިން ޖައްވަށް ފޮނުވާލި ރޮކެޓު
ޗައިނާއިން ޖައްވަށް ފޮނުވާލި ރޮކެޓު
ޗައިނާއިން ޖައްވަށް ފޮނުވާލި ލޯންގްމާޗް ރޮކެޓުން ނެއްޓިގެން އުޅޭ ބައި ރާއްޖެ ސަރަޙައްދަށް ވެއްޓިއްޖެއެވެ.

ބުރަދަނުގައި 18 ޓަން ހުންނާނެ ކަމަށް ލަފާކުރެވޭ މިރޮކެޓު ވެއްޓިފައިވަނީ މިއަދު ހެނދުނު ރާއްޖެ ގަޑިން 7:24 އެހާކަށް ހާއިރެވެ. ޗައިނާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ރޮކެޓްގެ ބޮޑުބައި ދުނިޔޭގެ ސަތަޙައަށް ވަނުމަށްފަހު ވަނީ އަނދާފައެވެ. އަދި މިކަމުގެ ސަބަބުން ތިމާވެއްޓަށް އަސަރެއް ކުރާނެކަމަށް ނުބެލެވޭ ކަމަށްވެސް ޗައިނާއިން ވަނީ ބުނެފައެވެ.

މިކަމާ ބެހޭގޮތުން އެމްއެންޑީއެފުން ބުނީ، ރޮކެޓްގެ ބައެއް ރާއްޖޭގެ ސަރަޙަދަށް ވެއްޓިފައިވާ ކަމުގެ މަޢުލޫމާތު ލިބުމާއި ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ، ކޯސްޓްގާޑް ސްކޮޑްރަން ސިފައިން އެކަން ބަލަމުން ގެންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން