ޝިލްޕާ ޝެޓީ އާއިލާ އާއެކު ނަގާފައިވާ ފޮޓޯއެއް.
ޝިލްޕާ ޝެޓީ އާއިލާ އާއެކު ނަގާފައިވާ ފޮޓޯއެއް.
އިންޑިއާގެ މަޝްހޫރު ފިލްމީތަރި ޝިލްޕާ ޝެޓީގެ މުޅި އާއިލާ ކޮވިޑަށް ޕޮޒިޓިވްވެ އެކަހެރިވެ ތިބިކަމަށް ޝިލްޕާ ހާމަކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން ޝިލްޕާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ގޮތުން، ޝިލްޕާގެ އާއިލާގެ އެކި މީހުން ކޮވިޑަށް ޕޮޒިޓިވެވުމާއިއެކު މިދިޔަ 10 ދުވަހު ތިބީ އެކަހެރިވެގެންނެވެ. މިގޮތުން، އޭނާގެ ފިރިމީހާގެ މަންމައާއި ބައްޕަ ކޮވިޑަށް ޕޮޒިޓިވްވުމަށްފަހު، އޭނާގެ ދެކުދިން ސަމީޝާ އަދި ވިއާން ރާޖް ޕޮޒިޓިވްވިކަމަށާއި، އެއަށްފަހު ޝިލްޕާގެ މަންމައާއި ފިރިމީހާވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށް ޝިލްޕާ ބުނެފައިވެއެވެ.

މިއާއެކު ޑޮކްޓަރުންގެ ލަފަޔާއެކު އެމީހެއްގެ ކޮޓަރީގައި އެކަހެރިވެފައިވާކަމަށް ޝިލްޕާ ބުނެފައިވެއެވެ.

ޝިލްޕާގެ ކޮވިޑް ޓެސްޓުގެ ނަތީޖާ ނެގަޓިވްވި ނަމަވެސް، އެގޭގައި މަސައްކަތްކުރާ ދެމުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށްވެއެވެ. އަދި މިދެމީހުން ހާލުބޮޑުވެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށް ޝިލްޕާގެ އިންސްޓަގްރާމުގައި ހާމަކޮށްފައިވެއެވެ.

ޝިލްޕާ ޝެޓީ މިފަހަކުން ފެނިގެންގޮސްފައިވަނީ ސޮނީ ޓީވީ ޗެނަލުން ދައްކަމުންދާ ސުޕަރ ޑާންސާ ޗެޕްޓަރ 4 ގެ ޖަޖެއްގެ ގޮތުގައެވެ.

އިންޑިޔާގައި ކޮވިޑް ކޭސްތައް ގިނަވަމުންދިއުމާއެކު، އިންޑިޔާގެ ގިނަ ފިލްމީ ތަރިންތަކެއް މިއަހަރު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. މީގެތެރޭގައި މިފަހަކުން ޕޮޒިޓިވްވި ދީޕިކާ، ރަންދީރް ކަޕޫރް، ގޯވިންދާ، އަކްޝޭ ކުމާރު، ސޯނޫ ސޫދް، އާލިއާ ބަޓް އަދި ރަންބީރް ކަޕޫރް ވެސް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން